ޚަބަރު
ދުނިޔެ

ރަޝިޔާގެ ރިޒޯޓް ބީޗަކަށް ޑްރޯންއެއް ވެއްޓި ކުޑަކުދިން ހިމެނޭހެން 7 މީހުން މަރުވެއްޖެ

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 2.4k
ޝެއާ ކުރޭ:
ރަޝިޔާގެ ރިޒޯޓް ބީޗަކަށް ޑްރޯންއެއް ވެއްޓި ކުޑަކުދިން ހިމެނޭހެން 7 މީހުން މަރުވެއްޖެ

ރަޝިޔާގެ ބްލެކް ސީ އައްސޭރީގެ މީހުން ގިނަ ބީޗަކަށް ޑްރޯންއެއް ވެއްޓި ގޮވުމުގެ ސަބަބުން 7 މީހުން މަރުވެ، 60 އެއްހާ މީހުން ވަނީ ޒަޚަމްވެފައެވެ. ރަޝިޔާގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ޔޫކްރެއިންއިން ފޮނުވާލި މި ޑްރޯން ބީޗަށް ވެއްޓުނީ ރަޝިޔާގެ ދިފާޢީ ނިޒާމުން އެ ވައްޓާލުމާއި ގުޅިގެން ކަމަށް ޔުކްރޭނުން ބުނެއެވެ.

ރަޝިޔާގެ ދެކުނު ބްލެކް ސީ އައްސޭރީގެ މަޝްހޫރު ރިޒޯޓް ރަށެއް ކަމަށްވާ އަރްޚިޕޯ-އޮސިޕޮވްކާގެ މީހުން ގިނަ ގޮނޑުދޮށަކަށް، ދުރު ރާސްތާގެ ހަމަލާދޭ ޑްރޯނެއް ވެއްޓި ގޮވުމުގެ ސަބަބުން ތިން ކުޑަކުދިން ހިމެނޭހެން ހަތް އާންމުން މަރުވެ، 60 އެއްހާ މީހުން ޒަޚަމްވެއްޖެ ކަމަށް ހަބަރުތައް ބުނެފިއެވެ.

ފަތުރުވެރިންގެ ފޯނުތަކުން ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ތިރިން އައި ޑްރޯން ގޮނދުދޮށަށް ވެއްޓި ބޮޑު ގޮވުމެއް ގޮވާފައި ވެއެވެ.

ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން މި ހަމަލާ އަކީ ޔޫކްރެއިންއިން ގަސްތުގައި ދިން ޓެރަރިސްޓް ހަމަލާއެއް ކަމަށް ބުނެއެވެ. ނަމަވެސް ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ބުނާގޮތުގައި މި ޑްރޯންގެ އަސްލު އަމާޒަކީ އެ ސަރަޙައްދާ 25 މޭލު ދުރުގައި އޮންނަ، ސަލާމަތީގޮތުން ވަރުގަދަ ރަޝިޔާގެ ނޮވޮރޮސިއިސްކް ނޭވަލް ބޭސްއެވެ.

ޔޫކްރެއިންގެ އޮފިޝަލުން އެމީހުންގެ ދިފާޢުގައި ބުނީ، އެޤައުމުން ހަމަލާ ދެނީ ހަމައެކަނި ރަޝިޔާގެ އަސްކަރީ މަރުކަޒުތަކަށް ކަމަށާއި، އާންމުން އުޅޭ ސަރަޙައްދަކަށް މި ޑްރޯން ވެއްޓުނީ ރަޝިޔާގެ އަމިއްލަ ދިފާޢީ ނިޒާމުގެ ސަބަބުން ކަމަށެވެ.

ރަޝިޔާގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދޭ ގޮތުގައި، ގޮނޑުދޮށަށް ދިން ހަމަލާއާ ގުޅިގެން 21 މީހަކަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން ނުވަ މީހެއްގެ ހާލު ކްރިޓިކަލްއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން