ޚަބަރު
ޓުއަރިޒަމް، ވިޔަފާރި

ޓުއަރިޒަމް ފުޅާކުރުމަށް މިސަރުކާރުން ވި ގުރުބާނީތައް އެއްވެސް ސަރުކާރަކުން ވެފައެއްނެތް: ޝާޒް

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 26k
ޝެއާ ކުރޭ:
ޓުއަރިޒަމް ފުޅާކުރުމަށް މިސަރުކާރުން ވި ގުރުބާނީތައް އެއްވެސް ސަރުކާރަކުން ވެފައެއްނެތް: ޝާޒް

ޝާޒް އަކީ މިސަރުކާރާއި އަދި ކުރީގެ ސަރުކާރުތަކުން ކުރަމުން ގެންދާ ނުރަނގަޅު ކަންކަމަށް ވަރަށް ފާޅުގައި ފާޑު ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް ފަތުރުވެރިކަމުގައި މިސަރުކާރުން ކުރަމުން ގެންދާ ރަނގަޅު ކަންކަން ޝާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އާ އުސްމިންތަކަކަށް ގެންދިއުމަށާއި، ބައިނަލްއަގުވާމީ ބޮޑެތި މާކެޓްތައް ފުޅާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ފަތުރުވެރިކަމުގެ ދާއިރާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޝާޒް ވަލީދު ބޮޑުތަނުން ތައުރީފު ކުރައްވައިފިއެވެ.

ޝާޒް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި މިހާރުގެ ސަރުކާރުން ވަމުންދާ ގުރުބާނީތަކާއި ކުރަމުންދާ ހަރުދަނާ މަސައްކަތްތަކަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްފައިވާ ނުވަތަ ކުރަން ކެރުނު ކަންކަމެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު މާކެޓް ކަމަށްވާ ރަޝިޔާ މާކެޓް އިތުރަށް ފުޅާކުރުމަށް ކުރީގެ ސަރުކާރުތަކުގައި އެތައް ފަހަރަކު އާދޭސް ދެންނެވުމުންވެސް، އެ ހުރިހާ ސަރުކާރަކުންވެސް ފަހަތުފަޔަށް ބުރަވެ ފަސްޖެހުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ސަރުކާރުން ސިނާއަތުގެ ވިޔަފާރިވެރިންގެ އަޑުއަހައި، ރަޝިޔާ މާކެޓްގެ މުހިންމުކަން ދެނެގަނެ، އެކަމަށް އަމަލީގޮތުން އިޖާބަދިނުމަކީ މި ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ދޭ އިސްކަމުގެ އަލިގަދަ ހެއްކެއް ކަމަށް ޝާޒް ސިފަކުރެއްވިއެވެ. ސަރުކާރުގެ މުހިންމު ވަފުދަކުން ރަޝިޔާއަށް ކުރި ރަސްމީ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވަމުން، މިއީ ޓުއަރިޒަމްގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ދާއިރާ ވަރުގަދަކުރުމަށް ސަރުކާރުގެ ހުރި ގާބިލުކަން ސާބިތުކޮށްދިން ނަމޫނާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދަތުރާ ގުޅިގެން ޓުއަރިޒަމް އިންވެސްޓަރުން ތިއްބަވާ ގުރޫޕުތަކުގައާއި ސިޔާސީ މަސްރަހުގައި ތަފާތު ފާޑުކިޔުންތަކާއި ބަހުސްތައް ހިނގަމުންދާ ދިއުމަށް އިޝާރާތްކުރައްވައި ޝާޒް ވިދާޅުވީ، ސަރުކާރުން މިކަމުގައި ހޯދި ބޮޑު ކާމިޔާބީގެ ސަބަބުން ބައެއް ފަރާތްތަކަށް "ހަޖަމުނުވެގެން" ތަފާތު ވާހަކަތައް ދައްކަމުންދާ ކަމަށެވެ. ނަމަވެސް، މި ފިޔަވަޅުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރަޝިޔާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެ، އޭގެ ހަގީގީ މަންފާ މުޅި ސިނާއަތަށް ލިބިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޝާޒް ވިދާޅުވިއެވެ.

ޝާޒް އަކީ މިސަރުކާރާއި އަދި ކުރީގެ ސަރުކާރުތަކުން ކުރަމުން ގެންދާ ނުރަނގަޅު ކަންކަމަށް ވަރަށް ފާޅުގައި ފާޑު ވިދާޅުވާ ބޭފުޅެކެވެ. ނަމަވެސް ފަތުރުވެރިކަމުގައި މިސަރުކާރުން ކުރަމުން ގެންދާ ރަނގަޅު ކަންކަން. ޝާޒް ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން