މިރޭ ރާއްޖޭގެ ގަޑިން 1 ޖަހާއިރު ބޮސްޓަން ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ ދެ ޓީމަށްވެސް ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރުމަށް ރަން ފުރުސަތެކެވެ.
މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ފަހު، މި ދެ ގައުމު ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.
ގިނަ ޕޯލްތަކާއި ބޭރުގެ ކުޅިވަރު މީޑިއާތަކުން ބުރަވަނީ މި މެޗުން ފްރާންސް މޮޅުވާނެ ކަމަށެވެ. އެއީ ކީލިއަން އެމްބާޕޭ ހިމެނޭހެން އެޓީމުގެ އެޓޭކިންގް ލައިން ވަރުގަދަވުމާއި، މީގެ ކުރިން 2022 ގެ ވޯލްޑް ކަޕް ސެމީ ފައިނަލްގައިވެސް ފްރާންސްއިން 2-0 އިން މޮރޮކޯ ބަލިކޮށްފައިވާތީއެވެ.
ފްރާންސް:
މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ގެ ބުރުގައި ޕެރަގުއޭ 1-0 އިން ބަލިކުރުމަށްފަހުއެވެ. އެޓީމުގެ ވަރުގަދަ އެޓޭކާއި ތަޖުރިބާގެ ބޭނުން ހިފައި، މޮރޮކޯގެ ޑިފެންސް ފޫއަޅުވާލުމަކީ ފްރާންސްގެ މައިގަނޑު އަމާޒެވެ.
މޮރޮކޯ:
އެފްރިކާގެ ފަޚުރު ކަމަށްވާ މޮރޮކޯ އިން ވަނީ ރައުންޑް އޮފް 16 ގައި ކެނެޑާ 3-0 ގެ ބޮޑު ތަފާތަކުން ބަލިކޮށް، އަނެއްކާވެސް ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. މޮރޮކޯގެ އެންމެ ބޮޑު ބާރަކީ އެޓީމުގެ ޑިފެންސާއި ކައުންޓަރ އެޓޭކްތަކެވެ.
ބަލަމާ ހިނގާށެވެ. މިރޭ މޮރޮކޯ އިން ތާރީޚު ބަދަލުކޮށްލާނެ ހެއްޔެވެ؟
މި މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ސްޕެއިން ނުވަތަ ބެލްޖިއަމް އާއެވެ.

