ލިވަޕޫލްގެ ކޯޗު އާން ސްލޮޓްއާ ޖެހުނު މައްސަލަތަކަށްފަހު ކޮންޓްރެކްޓް އުވާލި މުހައްމަދު ސަލާހް، ތުރުކީގެ ޓްރެބްޒޮންސްޕޯރާ ގުޅުމަށް ބުދަ ދުވަހުގެ ރޭ އިސްތަންބޫލަށް ގޮސްފިއެވެ. އޭނާ ވަނީ ސީޒަނަކު 17 މިލިއަން ޔޫރޯގެ މުސާރައަކަށް، 2028 ގެ ނިޔަލަށް ދެ އަހަރުގެ އެއްބަސްވުމެއް ގަބޫލުކޮށްފައެވެ.

މުހައްމަދު ސަލާހަކީ ލިވަޕޫލްގައި ހޭދަކުރި 9 އަހަރު ތެރޭގައި 441 މެޗުން 257 ގޯލު ޖަހައި، ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ހޯދައިދީފައިވާ އެ ކްލަބުގެ ތާރީޚީ ލެޖެންޑެކެވެ. ނަމަވެސް، ނިމިދިޔަ 2025-26 ސީޒަނުގައި އާ ކޯޗުގެ ދަށުން އޭނާއަށް ކުޅެން ލިބުނު ވަގުތު ވަރަށް ބޮޑަށް މަދުވެ، ޖެހުނު މައްސަލަތަކުގެ ސަބަބުން މުޅި ސީޒަނުގައި ޖެހުނީ އެންމެ 9 ގޯލެވެ. މިއީ ލިވަޕޫލްގައި އޭނާ ހޭދަކުރި ކެރިއަރުގައި ރެކޯޑުކުރެވުނު އެންމެ ދަށް ނަތީޖާއެވެ.

