ޚަބަރު
ކުޅިވަރު

22 އަހަރަށް ފަހު އާސެނަލް އަށް ޕްރިމިއާ ލީގު ތަށި ލިބިއްޖެ

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 1.3k
ޝެއާ ކުރޭ:
22 އަހަރަށް ފަހު އާސެނަލް އަށް ޕްރިމިއާ ލީގު ތަށި ލިބިއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 22 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އާސެނަލުން ހޯދައިފިއެވެ.

އުތުރު ލަންޑަން ކުލަބަށް ތަށި ޔަގީންވީ ވާދަވެރި މެންޗެސްޓާ ސިޓީ އާއި ބޯންމައުތު ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ. އެހެންކަމުން ދެން ކުޅޭ މެޗުން ސިޓީމޮޅުވިޔަސް އެ މީހުންނަކަށް އާސެނަލް އާއި އަރައި ހަމަނުކުރެވޭނެތީއެވެ.

1992 ވަނަ އަހަރު މުބާރާތް ފެށި ފަހުން އާސެނަލްއަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިބިފައި ވަނީ 1997-98، 2001-02 ވަނަ އަހަރު ހޯދި ޗެމްޕިއަންކަން އަދި 2003-04 ވަނަ އަހަރު އެއްވެސް މެޗަކުން ބަލިނުވެ “އިންވިންސިބަލްސް” ސީޒަން ނިންމައިލި ފަހަރުއެވެ.

އާސެނަލުން މިހާރު ވަނީ އެޓީމުގެ ތާރީހުގައި އިނގިރޭސި ޓޮޕް ލީގުގެ 14 ތަށި ހޯދައިފައެވެ.

މެނޭޖަރު މިކެލް އާޓެޓާ ޓިމާއި ހަވާލުވެ ޒަމާނީ ފުޓުބޯޅައިގެ ރޫހު ޓީމަށް ގެނެސްފައިވާއިރު، މިރޭގެ ޗެމްޕިއަންކަމާއި އެކު އާޓެޓާ ވަނީ ބޯންމައުތާއި ކޯޗު އަންޑޯނީ އިރާއޯލާއަށް ތައުރީފުކޮށްފައެވެ.

އާސެނަލް އަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީ ބަލިކޮށްގެން އިތުރު ތަށްޓެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން