އާދީއްތަ ދުވަހު ސެވިއްޔާ އާއި ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11 އިން ފުރާންސުގެ ތަރި ކިލިއަން އެމްބާޕޭ ފެންނާނެ ކަމުގެ ޔަގީންކަން ރެއާލް މެޑްރިޑްގެ ކޯޗު އަލްވާރޯ އާބެލޯއާ ދީފިއެވެ.
ލަލީގާ ގައި ރެއާލް މެޑްރިޑް ސެވިއްޔާ އާއި ދެކޮޅަށް ނުކުންނަ އިރު އެންމެ ފަހުނ ރެއާލް އޮވިއެޑޯ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވީ 2-0 އިންނެވެ. މި މެޗަށް އެމްބާޕޭ އަށް ފުރަތަމަ 11 އަކުން ޖާގަ އެއް ނުކިބެއެވެ.
އަނިޔާއާ ގުޅިގެން ބެންޗުން ދަނޑަށް އެރި އެމްބާޕޭ ބުނީ އާބެލޯއާގެ އިރުޝާދުގެ ދަށުން އޭނާ އަކީ "ހަތަރު ވަނަ ޗޮއިސް" ކަމަށް ކޯޗު ބުނި ކަމަށެވެ. ނަމަވެސް ކޯޗު ބުނީ ފްރާންސްގެ ސުޕަސްޓާ ބެންޗުގައި ބެހެއްޓީ ފިޓްނަސް އާއި ރޮޓޭޝަނާއި ގުޅިގެންނެވެ.
ފާހަގަ ކޮށްލެވޭ ކަމަކީ “އެމްބާޕޭ އައުޓް” ގެ ނަމުގައި ސަޕޯޓަރުން ދަނީ ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ. އެ ޕެޓިޝަނެއްގައި 70 މިލިއަން މީހުން ވަނީ ސޮއި ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

