މިފްކޯ އިން 20 ރުފިޔާއަށް މަސްކިލޯ އެއް ގަންނާތީވެ، އެންސިސް އާއި ބިގްފިޝް އަދި ހޮރައިޒަން ފިޝަރީޒް އިން 21 ރުފިޔާ އަށް މަސްކިލޯއެއް ގަންނަން ފަށައިފިއެވެ.
އޭގެ ކުރިން 18.50 ރުފިޔާ އަށް މިފްކޯ އިން މަސް ގަންނަން ފެށީ ވެސް މިފްކޯ އިން 16 ރުފިޔާ އަށް މަސް ގަންނަމުންދަނިކޮށް ޕްރައިވެޓް ކުންފުނިތަކުން 17 އަށް ބޮޑުކުރުމުންނެވެ.

ހޮރައިޒަން އާއި އެންސިސް އާއި ބިގްފިޝް އިން 19 އަށް ވިއްކަވިއްކާ ހުއްޓާ ކާކު ކުޑައަގުގަ މިފްކޯއަށް ވިއްކަން ދާނީ. މިފްކޯއަށް މަސް ލިބޭ ގޮތެއް ނުވީ އެހެންވީމަ. ކޫއްޑޫ އަކަށް މަހެއް ނުކިރާ. މިފްކޯ އަށް މަހެއް ނުލިބޭ. އެހެންވެ 20 އަށް ބޮޑުކުރީ. އެއާއެކު ޕްރައިވެޓް ސެކްޓަރުން ވެސް ވަގުތުން މި ބޮޑުކޮށްލީ 21 ރުފިޔާއަށް. އެހެންވީމާ އެބަ އެނގޭތާ 24 ރުފިޔާ އަށް ކިލޯ އެއްވެސް ވިއްކޭނެކަން. ސަރުކާރަށް ގެއްލުމެއް ވެސް ނުވާނެ. އަނެއްކާ މަސްވެރިކަން މިދުވަސްވަރު އެހާ ދަށް. ބޮޑެތި ދެއިންޖީނުލީ 100 ފޫޓުގެ އުޅަނދުތައް މިހުންނަނީ ތެޔޮކޮޅަށް ކަނޑާލާފަ މައިނަސްގަ މި ތިބެނީ.
އޮޑިވެރިޔަކު ބާޒާރަށް ކިތަންމެ ބޮޑު ބަދަލެއް އައި ނަމަވެސް، ސަރުކާރުން މަސްގަންނަ އެންމެ ދަށް އަގު 16 ރުފިޔާއަށްވުރެ ދަށް ނުވާނެކަމުގެ ޔަގީންކަން މިފްކޯއިން ކުރިން ދީފައި ވެއެވެ.

