މަސްވެރިކަމުގެ ސިނާޢަތް އަލުން ކޮޅަށްޖެހުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
“ދަޕްލަސް” ޕޮޑްކާސްޓުގެ ދެވަނަ ޕްރޮގްރާމްގައި ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ، މީގެ ކުރިން އަޅާނުލައި ދޫކޮށްލި މަސްވެރިކަމުގެ ސިނާޢަތް ކޮޅަށް ޖެހުމަށެވެ.
ފާހަކޮށްލަން ޖެހޭ ގޮތުގައި ހުސްވި ހަފްތާގައި ވަނީ މިފްކޯ އިން މަސް ގަންނަ އަގު ވެސް ބޮޑުކޮށްފައެވެ.

