ޚަބަރު
ހަބަރު

7000 އަށްވުރެ ގިނަ އާއިލާއަށް މުޅިން އަލަށް ގެދޮރު

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 1.6k
ޝެއާ ކުރޭ:
7000 އަށްވުރެ ގިނަ އާއިލާއަށް މުޅިން އަލަށް ގެދޮރު

މި ސަރުކާރުގެ ޖުމްލަ ބޯހިޔާވަހިކަމުގެ އުފެއްދުން 7،000 ޔުނިޓަށް ވުރެ މަތިވެފައިވާއިރު، ރިޔާސީ އިންތިހާބުގެ ކުރިން 7000 އާއިލާ އަކަށް މުޅިން އަލަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ރައްޔިތުން ތިބޭނީ އުއްމީދުގަ.

ޕީއެސްއެމްގެ “ނޭޝަން ޗެޓް” ޕްރޮގްރާމްގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކުން ދައްކާ ގޮތުގައި ސަރުކާރުން ކުރިއަށްދާ ގައުމީ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ތެރެއިން މުޅި ރާއްޖޭގައި 7،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް ފޯރުކޮށްދިނުމަށް އެމަނިކުފާނު ކުރައްވަމުން ގެންދާ މަސައްކަތުގައި ކުލަ ޖެހޭނެއެވެ.

ރައީސް އަބަދުވެސް ވިދާޅުވަނީ ބޯހިޔާވަހިކަމަކީ މި ވެރިކަމުގައި އެންމެ އިސްކަމެއްދޭ ކަންތަކެވެ.

މި ސަރުކާރުން ސިޓީތަކާއި ރަށްރަށުގައި ވެސް ބޮޑެތި އެތައް މަޝްރޫއުތަކެއް ކުރިއަށް އެބަ ދެއެވެ. އޭގެ ތެރޭގައި 13 ރަށެއްގައި 900 ހައުސިން ޔުނިޓާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ އެހީގެ ތެރެއިން 4،000 ފްލެޓާއި ޗައިނާގެ އެއްބާރުލުމާއެކު 500 ހައުސިން ޔުނިޓާއި އެފޯޑަބަލް ހޯމް އޮނަރޝިޕް މޮޑެލްގެ ދަށުން އިތުރު 2،000 ފްލެޓް ހިމެނެއެވެ.

7000 އަށް ވުރެ ގިނަ މީހުންނަށް ގެދޮރު ލިބެންވާނެ

މި ސަރުކާރުގެ ޖުމްލަ ބޯހިޔާވަހިކަމުގެ އުފެއްދުން 7،000 ޔުނިޓަށް ވުރެ މަތިވެފައިވާއިރު، މިއީ ފާއިތުވި ވެރިކަންތަކަށް ބަލާއިރުވެސް ބޯހިޔާވަހިކަން ފުޅާކުރުމުގެ އެންމެ ބޮޑު މަޝްރޫއު ހިންގާ ވެރިކަމެވެ. މިއީ ވަކި ކޮޅަކަށް ޖެހެނީއެއް ނޫނެވެ.

ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއުތަކަކީ ތޮއްޖެހުން ކުޑަކުރުމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއި އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިންސާފުވެރިކަމާއެކު ބަހާލެވޭނެ މަޝްރޫއުތަކެކެވެ. އެހެންކަމަށް ވާނަމަ، ރިޔާސީ އިންތިހާބުގެ ކުރިން 7000 އާއިލާ އަކަށް މުޅިން އަލަށް ބޯހިޔާވަހިކަން ލިބޭނެ ކަމަށް ރައްޔިތުން ތިބޭނީ އުއްމީދުގައެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން