ލ. ގަމުގައި ހިނގި ހާދިސާއެއްގައި ކަރަންޓުގައި ޖެހި އަނިޔާވި ކުޑަކުއްޖާ ވެންޓިލޭޓަރުން ނަގައިފިއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ، ކަރަންޓުގައި ޖެހުނު ކުއްޖާ މާލެ ގެނެސް އެންމެ ފުރަތަމަ ވެންޓިލޭޓަރުގައި ފަރުވާ ދީފައިވާ ކަމަށެވެ. އެއަށްފަހު އައިސީޔޫގައި ބޭއްވުމަށްފަހު މިއަދު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށެވެ.
https://vgoiy.com/karantufoshi-hulhuvaigen-eid-ah-thayyaruvaairu-salaamatheekankan-nubalaneetha
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ގަމުގައި ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ، މިމަހުގެ 27 ވަނަ ދުވަހުގެ ރޭ 11:00ގެ ފަހުންނެވެ. މި ހާދިސާ ހިނގުމާއެކު އެ ކުއްޖާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ، ގަން ރީޖަނަލް ހޮސްޕިޓަލުގައެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވުމާ ގުޅިގެން އިތުރު ފަރުވާއަށް މާލެއަށް ވަނީ ގެނެސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ރަށުގައި ޢީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައެވެ. ކަރަންޓު ޝޮކު ޖެހުމާއެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

