ޚަބަރު
ހަބަރު

ދެބެންގެދެދަރި ނާޒިމް ވަކިކުރަން ކުއްލިމައްސަލަ އާދިއްތައަށް!

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 21k
ޝެއާ ކުރޭ:
ދެބެންގެދެދަރި ނާޒިމް ވަކިކުރަން ކުއްލިމައްސަލަ އާދިއްތައަށް!

ބަޣާވާތަކުން ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ފުރޮޅާލުމުގެ ތުހުމަތު ކުރެވޭ ދެބެންގެދެދަރި ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅޭ ގޮތުން ގޮތެއް ނިންމަން އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ކުއްލި ގޮތަކަށް ބާއްވަން ނިންމައިފި އެވެ. ނަމަވެސް ނާޒިމް ހުންނެވީ ގައުމުން ބޭރުގައެވެ.

ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނިންމީ މި މެއި މަހުގެ 13 ގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ނާޒިމަށް އިތުބާރު ނެތް ކަމަށް ނިންމައި އޭނާ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ ޖެހިގެން އައި 14 ވަނަ ދުވަހު ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއި އެކުގައެވެ.

ޕީއެންސީން ބުނީ ނާޒިމް މަގާމުން ވަކިކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުގައްޔާއި މަސްލަހަތު ގެއްލުވާލާތީ އެވެ.

އެމްޑީޕީގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ނާޒިމް ވަކިކުރަނީ މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭތީއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން