ދައުލަތުގެ ބޮލުގައި އެޅިފައި އޮތް 974 މިލިއަން ޑޮލަރުގެ ދަރަނި މިދިޔަ 40 ދުވަސް ތެރޭގައި ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފަނު ވިދާޅުވީ ކުރީ ސަރުކާރުން ތިން ފަހަރެއްގެ މަތިން އިންޑިއާއިން ދަރަނި ނެގި ކަމަށެވެ. އެއީ ޖުމްލަ 150 މިލިއަން ޑޮލަރުގެ ދަރަނި ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އޭގެ ތެރެއިން 50 މިލިއަން ޑޮލަރު މި ސަރުކާރުގެ ކުރީކޮޅުގައި ދެއްކިއިރު, އިއްޔެ އަށް ޑިއު ވެފައި އޮތް 50 މިލިއަން ޑޮލަރު މިހާރު ދައްކާފައިވާ ކަމަށެވެ.
ބާކީ 50 މިލިއަން ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށާއި އެ ވެސް ދައްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

