ޚަބަރު
ހަބަރު

އަމިއްލައަށް އެދިގެން ވެސް ލޭ ހަދިޔާކޮށްދީ - ރައީސް

ހަސަން އަލީ
ހަސަން އަލީ
|| 2.9k
ޝެއާ ކުރޭ:
އަމިއްލައަށް އެދިގެން ވެސް ލޭ ހަދިޔާކޮށްދީ - ރައީސް

ލެޔަކީ ޓެކްނޮލޮޖީއާއި ބޭސްވެރިކަމަށް އަންނަ ޒަމާނީ ބަދަލުތަކާއެކުވެސް އޭގެ އިތުރުގޮތެއް ނެތް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވި

އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ލޭހަދިޔާ ކުރާ މީހުންގެ ދުވަސް ފާހަގަކުރާއިރު އަމިއްލައަށް އެދިގެން ލޭ ހަދިޔާކުރާ މީހުންގެ ބައިވެރިވުން ފާހަގަކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ މީހުންގެ ސަބަބުން އެތައް ފުރާނަތަކެއް ސަލާމަތްކުރެވޭ ކަމަށެވެ. އެ ފަރާތްތަކުގެ ދީލަތި އަމަލުގެ ސަބަބުން ދާއިމީކޮށް ލޭ އަޅަންޖެހޭ މީހުންނާއި ކުއްލި ހާލަތުގައި ލޭއަޅަންޖެހޭ ބަލިމީހުންނަށް އެ ބޭނުންވާ ފަރުވާ ވަގުތުން ހޯދައިދެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލެޔަކީ ޓެކްނޮލޮޖީއާއި ބޭސްވެރިކަމަށް އަންނަ ޒަމާނީ ބަދަލުތަކާއެކުވެސް އޭގެ އިތުރުގޮތެއް ނެތް ކޮންމެހެން ބޭނުންވާ މުހިންމު ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރުމަކީ އާންމު ސިއްޙަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި މީގެ ސަބަބުން ކުއްލި ހާލަތްތަކަށް ތައްޔާރުވުމަށާއި ފުރިހަމަ ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އެހީތެރިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން