ރޭ އެމްޕީއެލް ބާޖުން މޫދަށް ވެއްޓި ގެއްލުނު ކޮންޓެއިނަރުގައި މުދަލެއް ނެތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މޫސުން ގޯސް ވުމުގެ ސަބަބުން އެމްޕީއެލްގެ ބާޖަކުން ކޮންޓެއިނަރުތަކެއް މޫދަށް ވެއްޓުނީ ރޭ ގެ ވަގުތެއްގައެވެ. ފުލުހުން ބުނީ އެމްޕީއެލް އިން ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސްފައިވަނީ ރޭ ގާތްގަނޑަކަށް 11 ޖަހަނިކޮށެވެ.
އެމްޕީއެލް އިން ކުރި މަސައްކަތުން، އޭގެތެރެއިން 2 ކޮންޓެއިނަރު އެއްގަމަށް ނަގާފައިވާއިރު ބާކީ 3 ކޮންޓެއިނަރު ނުފެނެއެވެ.

