ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ސިފައިންނަށް ޚާއްސަކޮށް، ބޯހިޔާވަހިކަމުގެ ޒަމާނީ މަޝްރޫއެއް މާލޭގެ ބަނޑޭރިކޮށި ސަރަހައްދުގައި ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ސިފައިންގެ ޚިދުމަތަށް 134 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންނާއި އެ މީހުންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރިކޮށި ސަރަހައްދަށް އެއްވެސް ސަރުކާރަކުން ތަރައްގީއެއް ނުގެނެސް، އެއް ގޮތަކަށް އޮންނަތާ ގިނަ ޒަމާންތަކެއް ވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން އެކަން ބަދަލުކޮށް، އެ ސަރަހައްދުގައި ޒަމާނީ ފެންވަރުގެ ބޯހިޔާވަހިކަން ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

