ޚަބަރު
ހަބަރު

ސިނގިރޭޓުގެ އަގުހެޔޮ ކުރަނީ ކަޅު ބާޒާރެއް އުފައްދުމަށްފަހު

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 2.6k
ޝެއާ ކުރޭ:
ސިނގިރޭޓުގެ އަގުހެޔޮ ކުރަނީ ކަޅު ބާޒާރެއް އުފައްދުމަށްފަހު

ކަޅު ބާޒާރު ފުޅާވެ، ދައުލަތަށް ލިބޭ އާމްދަނީން ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ގެއްލެން ވުމުން، ޖޫން 2026 ގައި ސަރުކާރުން ވަނީ ސިނގިރޭޓު ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ހެޔޮކުރުމުގެ who ގެ ޅަފަޔާއެކު މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.

ދިވެހިރާއްޖޭގައި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާ ގުޅިގެން އުފެދުނު ކަޅު ބާޒާރުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ސިނގިރޭޓުގެ ޑިއުޓީ އަނެއްކާވެސް ހެޔޮކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން ބޮޑެތި ބަހުސްތަކެއް ވަނީ ފެށިފައެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ދުރާލައި ރޭވުމެއް ނެތި ސިނގިރޭޓުގެ އަގު ބޮޑުކުރުމަކީ ގައުމުގައި ބޮޑު ކަޅު ބާޒާރެއް އުފެއްދުމަށް މަގުފަހިވި ކަމެކެވެ. އަދި މިހާރު އަގުހެޔޮ ކުރަން އުޅެނީ އެ ކަޅު ބާޒާރުގެ ނާޖާއިޒު ފައިދާ ވަކި ބަޔަކަށް ލިބުމަށްފަހުގައެވެ.

ސިނގިރޭޓަކުން ނަގާ އިމްޕޯޓް ޑިއުޓީ 3 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރައްވައި، އެޑްވަލޮރެމް ޓެކްސް 50 އިންސައްތައަށް ބޮޑުކުރެއްވީ 1 ނޮވެމްބަރު 2024 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއާއެކު ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއަށްވުރެ މައްޗަށް އަރައިގެންދިޔައެވެ. ނަމަވެސް، އޭގެ ފަހުން 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ގަވާއިދާ ޚިލާފަށް ސިނގިރޭޓު އެތެރެކުރުން އިންތިހާއަށް އިތުރުވެ، ފޭކު ސިނގިރޭޓުތައް ހެޔޮ އަގުގައި ކަޅު ބާޒާރުން ލިބެން ފެށިއެވެ. އެގޮތުން މޭ 2025 ގައި އެކަނިވެސް 122 މިލިއަން ރުފިޔާގެ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގަތެވެ.

ކަޅު ބާޒާރު ފުޅާވެ، ދައުލަތަށް ލިބޭ އާމްދަނީން ގާތްގަނޑަކަށް 2 ބިލިއަން ރުފިޔާ ގެއްލެން ވުމުން، ޖޫން 2026 ގައި ސަރުކާރުން ވަނީ ސިނގިރޭޓު ޑިއުޓީ 8 ރުފިޔާއިން 4 ރުފިޔާއަށް ހެޔޮކުރުމުގެ ބިލެއް މަޖިލީހަށް ހުށަހަޅާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) ގެ ލަފާގެ މަތިން ކަޅު ބާޒާރު ނައްތާލުމަށް ކުރާ ކަމެކެވެ. ނަމަވެސް، އާންމުންނާއި ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި، މިއީ ސިއްހީ ސިޔާސަތުތަކާ ޚިލާފަށް، ކަޅު ބާޒާރު އުފެއްދުމަށްފަހު އަގުހެޔޮކުރުމުގެ ނަމުގައި ހިންގާ އޮޅުވާލުމެކެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން