ޚަބަރު
ދުނިޔެ

ސީއެންއެންގެ ބާނީ މަރުވެއްޖެ

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 25k
ޝެއާ ކުރޭ:
ސީއެންއެންގެ ބާނީ މަރުވެއްޖެ

1980 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ 24 ގަޑިއިރުގެ ހަބަރު ޗެނަލްގެ ގޮތުގައި ސީއެންއެން ވުޖޫދަށް ގެނައި ޓެޑް ޓާނަރ، 87 އަހަރުގައި މަރުވެއްޖެ.

ހުޅަނގުގެ ނިއުސް ނެޓްވޯކް ކަމަށްވާ ސީއެންއެންގެ ބާނީ ޓެޑް ޓާނަރ، 87 އަހަރުގައި މަރުވެއްޖެއެވެ.

ޓާނަރ ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ނާރުގެ ބައްޔެއް ކަމަށްވާ 'ލިއުވީ ބޮޑީ ޑިމެންޓިއާ' އަށް ފަރުވާ ހޯދާފައެވެ. އޭނާ މަރުވި އަސްލު ސަބަބެއް ނޭނގެއެވެ.

1938 ވަނަ އަހަރު އެމެރިކާގެ ސިންސިނާތީއަށް އުފަންވި ޓާނަރއަށް ބިލިއަނަރެއްގެ ދަރަޖަ ލިބުނީ އޭނާގެ ބައްޕަ މަރުވުމުން އާއިލީ ބިލްބޯޑު ވިޔަފާރި އާއި ހަވާލުވެގެންނެވެ. އެއަށްފަހު ޓީވީ ބްރޯޑްކާސްޓިންގެ ދާއިރާއަށް ޝައުގުވެރިކަން އުފެދި، 1970 ވަނަ އަހަރު އެޓްލާންޓާގެ ނާކާމިޔާބު ޓީވީ ސްޓޭޝަނެއް ގަނެ، ސެޓެލައިޓު މެދުވެރިކޮށް އެއީ ވަރަށް ކާމިޔާބު ތަނަކަށް ބަދަލުކުރިއެވެ.

1980 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ 24 ގަޑިއިރުގެ ހަބަރު ޗެނަލްގެ ގޮތުގައި ސީއެންއެން ވުޖޫދަށް ގެނައީ އޭނާއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން