ހިޒްބުاللهއިން އިޒުރޭލު ސިފައިންގެ ކެޕްޓަނެއް މަރާލައިފި ކަމަށް އިސްރާއީލް ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފިއެވެ.
އޭނާ މަރުވި ލުބުނާނުގެ ދެކުނުގައި ހިޒްބުالله އާއި ދެކޮޅަށް އިޒުރޭލުން ކުރަމުންދާ ހަނގުރާމައިގައި ހިޒްބުالله އިން ދިން ޑްރޯން ހަމަލާއެއްގައެވެ.
އިޒުރޭލުނަ ވަނީ އެމީހުންގެ އުމުރުން 26 އަހަރުގެ ކެޕްޓަނަކު މަރުވެފައިވާކަން މީޑއާ އަށް ކަށަވަރު ކޮށްދީފައެވެ.
ހިޒްބުالله އާއި އިޒުރޭލާއި ދެމެދުގައި ކުރަމުންދާ ހަނގުރާމަ އަކީ އީރާނުގެ ބާރުތައް ނައްތައިލުމަސް އިޒުރޭލުން ކުރަމުންދާ ހަނގުރާމައެކެވެ. މެދުއިރުމަތީގައި އެ ޖަމާއަތަށް ތާއީދުކުރާ ރަސްމީ އެއްވެސް ސަރުކާރެއް ނެތެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، ހިޒްބުالله އިން ގެންދަނީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވެސް ގަވާއިދުން ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އިސް އޮފިސަރުން ހިމެނޭހެން އެ ގައުމުގެ އަސްކަރިއްޔާއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ހިޒްބުالله އަށް މައިގަނޑު ގޮތެއްގައި ހަތިޔާރު ފޯރުކޮށްދެނީ އީރާނުން ކަމުގައި ވާއިރު، އިޒުރޭލުން ދަނީ އީރާނާއި ގުޅުން ހުރި ސަރަހައްދީ މިލިޝިއާތަކަށް ވެސް ދޭތެރެދޭތެރެއިން ހަމަލާތައް ދެމުންނެވެ.

