އިޒުރޭލަށް އޮކްޓޯބަރު 7، 2023 ގައި ދިން ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަލަސްތީނުގެ މީހުންގެ މައްޗަށް ދައުވާކޮށް އެމީހުންނަށް މަރުގެ އަދަބު ދިނުމާއކ ގުޅޭ ބިލު އިޒުރޭލު ސަރުކާރުން ފާސްކޮށްފިއެވެ.
އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ބިލްގެ ދެވަނަ އަދި ތިންވަނަ ކިޔުން ފާސްކޮށްފައިވަނީ ޤާނޫނު ހަދާ މަޖިލީހުގެ 93 މެންބަރުންގެ ތާއީދާއެކުގައެވެ.
މި ގާނޫނުގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސް އާއި އެހެނިހެން ހަނގުރާމަވެރިން ދިން ހަމަލާއާ ގުޅުން ހުރި ޝައްކު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ހާއްސަ ގާނޫނީ އޮނިގަނޑެއް އެކުލަވާލާފައިވެ އެވެ.

