ޚަބަރު
ދުނިޔެ

ކްރޫޒް ޝިޕަކުން ނުރައްކާތެރި ހެންޓަވައިރަސް ފެތުރެނީ

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 1.3k
ޝެއާ ކުރޭ:
ކްރޫޒް ޝިޕަކުން ނުރައްކާތެރި ހެންޓަވައިރަސް ފެތުރެނީ

"އެމް.ވީ ހޮންޑިއަސް" ކްރޫޒް ޝިޕުން ފޭބި 30 ފަސިންޖަރަކު ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްހީ އިދާރާތަކުން ފަށައިފި.

ކްރޫޒް ޝިޕަކުން ނުރައްކާތެރި ބައްޔެއް ފެތުރެން ފަށައިފިއެވެ.

ހެންޓަވައިރަސް ނަމަކަށް ކިޔާ މީދަލުގެ ހިކި ނަޖިހުން ފެތުރޭ މި ވައިރަހަކީ އިންސާނުންގެ ފުރާނަ އަށް ނުރައްކާވާ ވައިރަހެކެވެ.

މި ވައިރަސްގެ އަސަރު ފެނުނީ "އެމް.ވީ ހޮންޑިއަސް" ކްރޫޒް ޝިޕުންނެވެ. އެ ބޯޓުން ފޭބި 30 ފަސިންޖަރަކު ހޯދުމުގެ މަސައްކަތް ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްހީ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ.

'އޯޝަންވައިޑް އެކްސްޕެޑިޝަންސް' އިން އޮޕަރޭޓްކުރާ މި ބޯޓުން އެ މީހުން ފައިބާފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ސެއިންޓް ހެލީނާއަށެވެ. އެއީ ބޯޓުން ދަތުރުކުރި މީހަކު މި ބަލީގައި މަރުވިތާ ގާތްގަނޑަކަށް ދެ ހަފުތާ ފަހުންނެވެ.

މި ބޯޓުގައި 12 ގައުމަކަށް ނިސްބަތްވާ މި ފަސިންޖަރުން އެބަތިއްބެވެ. އޭގެ ތެރޭގައި އެމެރިކާގެ 6 މީހަކުވެސް ހިމެނެއެވެ.

ދުނިޔޭގެ ސިއްހީ ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން މައުލޫމާތު ދޭގޮތުގައި، އެޓްލާންޓިކް ކަނޑުގައި ދަތުރުކުރަމުންދިޔަ މި ބޯޓުގައި ބަލި ފެތުރި ނެދަލޭންޑްސްގެ ތިން މީހަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ފުރަތަމަ ބަލިވި އުމުރުން 70 އަހަރުގެ ފިރިހެނަކާއި އޭނާގެ އަންހެނުން ހިމެނެއެވެ. މީގެ އިތުރުން، ބޯޓުގެ ފަސިންޖަރަކާ ބައްދަލުވި ފްލައިޓް އެޓެންޑަންޓެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ނެދަލޭންޑްސްގެ ހޮސްޕިޓަލެއްގައި މިހާރު ދަނީ ފަރުވާދެމުންނެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން