ޚަބަރު
ހަބަރު

ފެނާއި ޙަވާލުވާނެ އާ ޗެއާމަނެއް ހޯދަނީ

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 2.7k
ޝެއާ ކުރޭ:
ފެނާއި ޙަވާލުވާނެ އާ ޗެއާމަނެއް ހޯދަނީ

ފެންކުންފުނީގެ ގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި ޝަމްހޫޒާ އަޙްމަދު އެ މަޤާމުން މިއަދު ވަކިކޮށްފިއެވެ

މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ނުވަތަ ޤައުމީ ފެންކުންފުންޏަށް އައު ޗެއާމަނެއް ހަމަޖެއްސުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުރަމުން އެބަ ގެންދެއެވެ. އެމްޑަބްލިޔުއެސްސީގެ ޗެއަރމަންގެ މަޤާމުގައި ހުންނެވި ޝަމްހޫޒާ އަޙްމަދު އެ މަޤާމުން މިއަދު ވަނީ ވަކިކޮށްފައެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިކަން ކަށަވަރުކޮށްދެމުން ވިދާޅުވީ، ޝަމްހޫޒާ އަޙްމަދު މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ޗެއަރމަންކަމުގެ މަޤާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންވެސް ވަކިކޮށްފައިވާ ކަމަށެވެ.

ޝަމްހޫޒާ މި މަޤާމުން ވަކިކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކި ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޝަމްހޫޒާ އައްޔަނު ކުރީ 2023 ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ. އޭގެ ކުރިން އެ މަޤާމުގައި ހުންނެވި އަހުމަދު މައުސޫމު ވަނީ 28 މެއި 2023 ގައި އިސްތިއުފާ ދެއްވާފައެވެ.

އެމްޑަބްލިޔުއެސްސީގެ ހިންގުމަށް މި ފަހަކަށް އައިސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، މިދިޔަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޢަބްދުލްމަތީން މުޙައްމަދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އޭނާގެ އިސްތިއުފާއާ ގުޅިގެން، އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިހާރު އައްޔަން ކުރައްވާފައިވަނީ ޙުސެއިން ފަޙުމީއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން