ޚަބަރު
ހަބަރު

ފުލެޓާއި ގޯއްޗަށް އެދުމުގެ ސުންގަޑި މިއަދަށް ހަމަވަނީ

ހަސަން އަލީ
ހަސަން އަލީ
|| 19k
ޝެއާ ކުރޭ:
ފުލެޓާއި ގޯއްޗަށް އެދުމުގެ ސުންގަޑި މިއަދަށް ހަމަވަނީ

ސުންގަޑި އަކީ މިރޭ 23:59

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު މިރޭ 23:59އަށް ހަމަވާނެއެވެ އިތުރުކޮށްދީފައެވެ.

ފްލެޓާއި ގޯއްޗައް އެދި ހުށަހެޅުމާއި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ މުއްދަތު އިތުރުކޮށްފައިވަނީ ޚާއްސަ ހާލަތަކާއެކުގައިކަމަށެވެ. އެގޮތުން މިހާރު އިތުރުކޮށްފައިވާ މުއްދަތު ހަމަވުމުން އިތުރަށް މުއްދަތު އިތުރު ނުކުރާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރު ހުޅުވާލާފައިވާ ސްކީމައް ފޯރމް ހުށައަޅުއްވާ ފަރާއްތަކުން ޕޯޓަލްގައިވާ މައުލޫމާތު ރަނގަޅަަށް ފުރުމަށްފަހު ހުށަހެޅުމަށް ނާޒިމް ވަނީ އިލްތިމާސްކޮށްފައެވެ.

"މިހާރު ހުޅުވާފައި އޮތް ސްކީމްތަކަށް ގުޅޭގޮތުން ހަމަ ޑެޑްލައިން ހަމަވާ މުއްދަތު، މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް މި ސްކީމްތަކަށް ހިށަހެޅުމަށް ލިބިގެން ނުދާނެ. އެހެންވީމައި ވަރަށް ސަމާލުކަންދީގެން ޕޯޓަލްގައިވާ މައުލޫމާތުތައް ރަނގަޅަށް ވިދާޅުވެގެން އުސޫލުގައިވެސް ވާ މައުލޫމާތުތައް ވިދާޅުވެ ޕޯޓަލް މެދުވެރިކޮށް ހުށައެޅުއްވުން އެދެން. ހުށައަޅުއްވާއިރުގައި ވީހަވެސް މައުލޫމާތު، އެބޭފުޅަކާއި ގުޅޭގޮތުން ދެވެންހުރި އެންމެ ރަނގަޅު މައުލޫމާތު ހުށަހެޅުމަކީ ވަރަށް މުހިންމުކަމެއް" ނާޒިމް ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމަށް ހުޅުވާލީ ޖެނުއަރީ މަހުގައެވެ. ފުރަތަމަ ހުޅުވާލިއިރު މިސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާން އޮތީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން