ޚަބަރު
ހަބަރު

ގެގް އަމުރު ބާތިލުކުރަން ހައިކޯޓަށް މިފަހަރު ހުށަހެޅީ ރައްދުވާ ފަރާތުން

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 3.1k
ޝެއާ ކުރޭ:
ގެގް އަމުރު ބާތިލުކުރަން ހައިކޯޓަށް މިފަހަރު ހުށަހެޅީ ރައްދުވާ ފަރާތުން

އެމްޖޭއޭ އިން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލުމުން، ގަޒްފުގެ ދައުވާ ކުރާ ފިޔާޒުގެ ފަރާތުން މައްސަލަ އިސްތިއުނާފް ކުރުމަށް ހުށަހަޅައިފި

”އަދަދު“ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް ތައްޔާރުކުރި ޑޮކިއުމަންޓަރީގެ މައްސަލާގައި ނެރެފައިވާ ގެގް އަމުރު އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.

މި މައްސަލަ ހައިކޯޓުގައި މީގެ ކުރިން ވެސް އިސްތިއުނާފް ކުރިއެވެ. އެއީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިންނެވެ. ނަމަވެސް އެމްޖޭއޭ އަކީ އެ މައްސަލަ އާއި ގުޅުން ހުރި ފަރާތަކަށް ނުވާތީވެ އެ ކޯޓުން މައްސަލަ ރަޖިސްޓްރީ ކޮށެއް ނުދިނެވެ.

ބައެއް ކަހަލަ މައްސަލަތަކުގައި، ޝަރީއަތަށް ނުފޫޒު ފޯރުވިޔަ ނުދިނުމަށާއި، ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ގެގް އަމުރު ނެރެއެވެ.

މިހާރު ކުރިމަތިވެގެން މި އުޅެނީ ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން، އެ ޑޮކިއުމަންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން ނެރުނު އަމުރާއި ގުޅޭ މައްސަލައެކެވެ. މި އަމުރާ ހިލާފުވި ކަމަށް ބުނެ އަދަދު ނޫހުގެ ދެ ނޫސްވެރިއަކު މިހާރު ވެސް ވަނީ ޖަލަށް ލާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވި މި އަމުރު ރައްދުވަނީ ފިޔާޒު އާއި އެޑިޓަރު ހަސަން މުހައްމަދު އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށެވެ. މި ގެގް އޯޑަރު ނެރުނީ ފިޔާޒު އާއި ހަސަންގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުން އެ މައްސަލަ ބަލަމުންދާތީއެވެ.

މި މައްސަލަ އެމްޖޭއޭގެ ފަރާތުން މެއި 14 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފް ކުރީ އެއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން