ޚަބަރު
ހަބަރު

ގައުމަށްޓަކައި ގުރުބާންވި ޑައިވަރު ނިޔާވެއްޖެ

ޢައިނުޑަވިޔަނި
ޢައިނުޑަވިޔަނި
|| 3.3k
ޝެއާ ކުރޭ:
ގައުމަށްޓަކައި ގުރުބާންވި ޑައިވަރު ނިޔާވެއްޖެ

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ

ވ. އަތޮޅުގައި ސަފާރީއެއްގައި ފީނަން ގޮސްގެން ގެއްލުނު 4 ފަތުރުވެރިން ހޯދުމުގެ މަސައްކަތަށް ގޮސްގެން ހާލުދެރަވި އެމްއެންޑީއެފްގެ ޑައިވަރު މުހައްމަދު މަހުދީ ނިޔާވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އެ ހާދިސާގައި ޑައިވަށް ދިޔަ ފަސް ޑައިވަރުންގެ ތެރެއިން މިހާތަނަށް ކަނޑުގެ އަޑިން ފެނިފައިވަނީ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ދެން ތިބި ހަތަރު މީހުން ހޯދުމަށް ސިފައިންގެ ޑައިވަރުން ހިންގާ އޮޕަރޭޝަން ދަނީ އަދިވެސް ކުރިއަށެވެ.

އެމްއެންޑީއެފްއިން މިއަދު ”އެކްސް“ ގައި ކުރިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ވ. އަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ޑައިވަރެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އެ ޑައިވަރު އެމަޖެންސީކޮށް މާލެ ގެނެސްފައިވަނީ ޑީކޯ ވެގެންނެވެ.

އެމީހާ މީގެ ކުޑައިރުކޮޅެއް ކުރިން ނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ އެވެ.

ގެއްލުނު ޑައިވަރުން ހޯދުމުގެ މަސައްކަތް މިއަދު ހެނދުނު ވެސް 10:30 ގައި ސިފައިންގެ ޑައިވަރުން ފަށާފައިވާ ކަމަށް މުހައްމަދު ހުސެއިން ޝަރީފު (މުންދު) މިއަދު ކުރިން ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިންތައް ގެއްލިފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ކޭވްއެއްގެ ތެރޭގައި ތާށިވެގެން ކަމަށް ބެލެވޭ ކަމުގައި އެމްއެންޑީއެފްއިން މީގެކުރިން ވަނީ ބުނެފައެވެ. އަދި އެއީ ރާއްޖޭގައި ފީނުން މަނާ ފުންމިނެއް ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން