ވ. އަތޮޅުގެ ކަނޑު އަޑިއަށް ގެއްލުނު އިޓަލީގެ ޑައިވަރުންތައް ހޯދުމުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެމެރިކާގެ ބަޔަކާއެވެ. އެއީ އަމިއްލަ ޖަމިއްޔާއެކެވެ. ޑައިވާސް އެލާޓް ނެޓްވޯކް އާއިއެވެ.
އެ ޖަމިއްޔާ އިން މެދުވެރިވެގެން ރާއްޖެ އަށް މިހާރު ފޮނުވާފައިވާ އެކްސްޕާޓުންގެ ޓީމުން ވަނީ ގެއްލުނު 4 މީހުންގެ ހަށިގަނޑުތައް ވެސް ހޯދާފައެވެ.
އެންމެންގެ ހަށިތައް ވެސް ފެނުނީ އެ ހޮހަޅައިގެ އެންމެ ފުން 3 ވަނަ ސެގްމެންޓުންނެވެ.
އެމީހުންގެ ހަށިތައް ހޯދީ ކަނޑުގެ އަޑި ސާޗުކުރާ ހާއްސަ އާލާތުންނެވެ.

