ޚަބަރު
ދުނިޔެ

ސްރީލަންކަން އެއާލައިންގެ ސީއީއޯ ދަންޖެހި މަރުވެއްޖެ

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 2.3k
ޝެއާ ކުރޭ:
ސްރީލަންކަން އެއާލައިންގެ ސީއީއޯ ދަންޖެހި މަރުވެއްޖެ

ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ އޭނާގެ ގޭގައި ދަންޖެހި މަރުވެފައި އޮއްވާ ފެނިއްޖެ

ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ކަޕިލަ ޗަންދްރަސޭނާ އޭނާގެ ގޭގައި ދަންޖެހި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ލަންކާ ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮއްލުޕިޓިޔާގައި ހުންނަ އޭނާގެ ގޭތެރެއިން ޗަންދްރަސޭނާގެ ހަށިގަނޑު ފެނުނީ ދަންޖެހިފައި ހުއްޓައެވެ. މި މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޗަންދްރަސޭނާގެ މައްޗަށް މަލްޓިމިލިއަން ޑޮލަރުގެ އެއާބްސް ކޮރަޕްޝަން މައްސަލައެއް ތުހުމަތު ކުރެވެއެވެ. އޭނާ މަރުވެފައި މިވަނީ، އޭނާ ދޫކޮށްލާފައި ހުރި ކަފާލާތުގެ ޝަރުތުތަކާ ހިލާފުވި ކަމަށް ބުނެ އަލުން ހައްޔަރުކުރުމަށް ކޮލަމްބޯގެ ޗީފް މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފައިވަނިކޮށެވެ. ރިޝްވަތުގެ ތުހުމަތުގައި މިދިޔަ މާޗު މަހު އޭނާ ހައްޔަރުކުރުމަށްފަހު، ކަފާލާތުގެ ދަށުން ހުރީ ދޫކޮށްލާފައެވެ. ނަމަވެސް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޮރަޕްޝަން ތަހުގީގުކުރާ ކޮމިޝަނުން އޮތީ ކޯޓުގައި އެދިފައެވެ.

ޗަންދްރަސޭނާގެ މައްޗަށް ތުހުމަތުކުރެވެނީ 2013 ވަނަ އަހަރު ސްރީލަންކަން އެއާލައިންސަށް 10 ބޯޓު ގަތުމަށް އެއާބަސް ކުންފުންޏާއެކު ހެދި 2.3 ބިލިއަން ޑޮލަރުގެ މުއާމަލާތުން 16 މިލިއަން ޑޮލަރުގެ ރިޝްވަތު ނެގުމަށް އެއްބަސްވުމަށެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން