ލަންކާގައި ގަވާއިދާއި ހިލާފަށް ބްރޯޑްކާސްޓް ކުރުކަމަށް ބުނެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ސެޓެލައިޓް އިކުއިޕްމަންޓާއި ކޮމްޕިއުޓަރު އަދި އިންޓަނެޓް ޓްރާންސްމިޝަން ޓޫލްސް ފަދަ ބްރޯޑްކާސްޓިން އާލާތްތަކެއް ވެސް އަތުލައިގެންފައެވެ. ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހުން ޓީވީ އާއި ރޭޑިއޯގެ ހިދުމަތް ޓްރާންސްމިޓް ކުރަމުން ދިޔައީ ރަސްމީ ހުއްދައެއް ނެތިއެވެ.
ސްރީލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން ވަނީ ހައްޔަރުކުރުމާ ގުޅޭ މައުލޫމާތު ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ

