ޚަބަރު
ހަބަރު

ލޯނު ދޫކުރާ ފަރާތުން ލޯނެއް ނަގަން އުޅޭތީ ނަޝީދުގެ ކަންބޮޑުވުން…

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 2.9k
ޝެއާ ކުރޭ:
ލޯނު ދޫކުރާ ފަރާތުން ލޯނެއް ނަގަން އުޅޭތީ ނަޝީދުގެ ކަންބޮޑުވުން…

300 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ބޭންކުން ރިޕޯޓްކޮށްފައިވާ ޕްލޭނަކީ މާލީ ދަތިތައް އިތުރުވަމުންދާ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދައުލަތުގެ ދަރަނިތައް ދެއްކުމަށް ސަރުކާރުން ގިނަ އަދަދެއްގެ އާންމު ފައިސާ ބޭންކުން ނެގުމުގެ ސަބަބުން، އެ މުއައްސަސާ ވަނީ ބަލިކަށިވެފައި.

ބޭންކް އޮފް މޯލްޑިވްސްގެ މާލީ ހާލަތާ މެދު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވެވަޑައިގެންފިއެވެ.

300 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް ބޭންކުން ރިޕޯޓްކޮށްފައިވާ ޕްލޭނަކީ މާލީ ދަތިތައް އިތުރުވަމުންދާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ދައުލަތުގެ ދަރަނިތައް ދެއްކުމަށް ސަރުކާރުން ގިނަ އަދަދެއްގެ އާންމު ފައިސާ ބޭންކުން ނެގުމުގެ ސަބަބުން، އެ މުއައްސަސާ ވަނީ ބަލިކަށިވެފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިގްތިސާދީ ގޮންޖެހުންތަކަށް ހައްލެއް ނުލިބި، ގައުމުގެ މާލީ ހާލަތާ މެދު އާންމުންނަށް އޮޅުވާލާ ކަމަށް ވެސް ނަޝީދު ތުހުމަތުކުރެއްވިއެވެ.

ސަޕޯޓަރުންނާއި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މެދުއިރުމަތީގެ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކޮށް، ރާއްޖޭގެ އިގްތިސާދަށް ވެސް ނޭދެވޭ އަސަރު ކުރަމުންދާ ކަމަށެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން