ޚަބަރު
ހަބަރު

މަގުމަތިން ފެންނަ ގިނަ މީހުން ކިޔަނީ ވިން ކުރާނީ އަންނި އޭ، މީކާއީލް ވިދާލުވީ ތިމަންނާ ބޮޑުތަނުން އިންތިޚާބު ނަގާނަމޭ

ހަސަން އަލީ
ހަސަން އަލީ
|| 1.3k
ޝެއާ ކުރޭ:
މަގުމަތިން ފެންނަ ގިނަ މީހުން ކިޔަނީ ވިން ކުރާނީ އަންނި އޭ، މީކާއީލް ވިދާލުވީ ތިމަންނާ ބޮޑުތަނުން އިންތިޚާބު ނަގާނަމޭ

ވޯޓުފޮށިތައް ބަންދުކުރަން ހަމަޖެހިފައި ވަނީ 20:30 އާ ހަމަޔަށެވެ. މި އިންތިހާބުގައި ވޯޓުލެވެނީ މި އަހަރުގެ އޭޕްރީލް 22 ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތހާބުގެ ވޯޓުލުން މިއަދު މެންދުރުފަހު 14:30 ގައި މުޅި ރާއްޖޭގައި ފަށައިގެން ކުރިޔަށްދާއިރު، މިއީ ކުރިން އެ މަޤާމުގައި ހުންނެވި ފައްޔާޒު އިސްމާއީލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ.

މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.

މީކާއީލް ނުކުމެވަޑައިގެން އުޅުއްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެބއެތެރެ މިހާރު ލީޑުކުރައްވަމުން ގެންދަވާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ފުރިހަމަ ތާއީދާ އެކުގަ އެވެ. ފައްޔާޒު އިސްމާއީލް ތާއީދު ކުރައްވަނީ ރައީސް ނަޝީދަށެވެ.

ވޯޓުލުމުގެ އިންތިޒާމުތައް މާލެއާއި އަތޮޅުތަކުގެ ހުރިހާ ރަށެއްގައި ހަމަޖައްސާފައިވާއިރު، ފިޔޯރީގައި ބަހައްޓާފައިވާ ވޯޓުފޮށި ވަނީ ހަލާކު ކޮށްލާފައެވެ.

މާލޭގެ މަގުމަތިން ދިމާވާ ގިނަ މީހުން ބުނަނީ މިފަހަރު މޮޅުވާނީ އަންނި ކަމަށެވެ. ނަމަވެސް މީކާއީލް ވިދާޅުވަނީ ބޮޑުތަނުން ތިމަންނާ މި އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ވޯޓުފޮށިތައް ބަންދުކުރަން ހަމަޖެހިފައި ވަނީ 20:30 އާ ހަމަޔަށެވެ. މި އިންތިހާބުގައި ވޯޓުލެވެނީ މި އަހަރުގެ އޭޕްރީލް 22 ގެ ނިޔަލަށް ޕާޓީގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން