ދިވެހިރާއްޖޭގެ ވެރިކަން ކުރާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުޙައްމަދު ރިޔާޒް (މިކީ) އިންތިޚާބުވެ، ހުވައި ކުރައްވައިފިއެވެ.
ދެވަނަ ދައުރަކަށް ހުވައި ކުރެއްވި މާލޭގެ މޭޔަރު އެމްޑީޕީގެ އާދަމް އާޒިމް އާއި އެކު މިކީ މަސައްކަތް ކުރައްވާނީ މާލޭގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް، އެމްޑީޕީގެ ވިސްނުމާއި ފިކުރުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މައިގަނޑު ހަތަރު ސިޓީ ކަމަށްވާ މާލެ، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގެ ޑެޕިއުޓީ މޭޔަރުން މިހާރު އިންތިޚާބުކޮށްފައިވާއިރު، ތިނަދޫ ސިޓީ އަށް އަދި ޑެޕިއުޓީ މޭޔަރަކު ނުހޮވައެވެ.

