ޚަބަރު
ހަބަރު

ނާޒިމަށް ބްލެކްމެއިލް ކުރުމުގެ ތުހުމަތު ކޮށްފި!

ޢައިނުޑަވިޔަނި
ޢައިނުޑަވިޔަނި
|| 3.6k
ޝެއާ ކުރޭ:
ނާޒިމަށް ބްލެކްމެއިލް ކުރުމުގެ ތުހުމަތު ކޮށްފި!

ނާޘިމް ވަކިކުރުމަށް ޓަކައި ބޭނުންވާ ހުރިހާ ސޮޔެއް އިއްޔެ ހެނދުނު ވަނީ ހަމަވެފައި.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެންބަރު އޮނަރަބަލް އަޙްމަދު ނާޘިމް ގެ މައްޗަށް ބްލެކްމެއިލް ކުރުމުގެ ތުހުމަތު ކޮށްފިއެވެ.

އިތުބާރު ހުރި މަސްދަރަކުން ވީޖީ އަށް ދެއްވި ނުރަސްމީ މަޢުލޫމާތުގައި ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ބްލެކްމެއިލް ކުރުމުގެ އަޑީގައި ނާޘިމް ހުންނަވާ ކަމަށެވެ.

ނާޘިމާއި ގުޅޭ ބްލެކްމެއިލްގެ ސީރިއަސް ތުހުމަތުތަކެއް ކުރާއިރު މިކަމުގެ ހަގީގަތެއް ހޯދާލުމަށް ކުރި މަސައްކަތުން ނާޘިމްގެ ފަރާތުން އަދި ކޮމެންޓެއް ލިބޭ ވަރެއް ނުވެއެވެ.


މަޖިލީހުގެ ނައިބުރައީސް ކަމުގެ މަގާމުން ނާޘިމް ވަކިކުރުމަށް ޓަކައި މިހަރު ވަނީ ނިންމަފައެވެ.

މަޖިލީހުން ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލީހުގެ ނައިބު ރައީސް، ނާޠިމް މަޤާމުން ވަކިކުރުމުގެ ޤަރާރެއް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.

ވީޖީ އާއި ވާހަކަ ދެއްކެވި ޕީއެންސީގެ މެންބަރު ވިދާޅުވީ ނާޘިމް ވަކިކުރުމަށް ޓަކައި ބޭނުންވާ ހުރިހާ ސޮޔެއް އިއްޔެ ހެނދުނު ހަމަވެފައިވާ ކަމަށެވެ.

މަޖިލީހުގެ ޤަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް މަޤާމުން ވަކިވާނީ ދެ ހާލަތެއްގައެވެ. އެއީ އެ މެންބަރަކު މެންބަރުކަމުން ވަކިވުމުންނާއި އެ މީހަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބުރައީސް މަޤާމުން ވަކިކުރުމާބެހޭ ބަހުސެއް ހިނގާ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވުމާއި އެމީހެއްގެ ދިފާއުގައި ބަހުސްގައި ބައިވެރިވެ ވާހަކަދެއްކުމުގެ ޙައްގު ރައީސާއި ނައިބު ރައީސަށް ލިބިގެންވެއެވެ. ނަމަވެސް އެ މައްސަލައިގައި ވޯޓުގައި ބައިވެރިނުވެވޭނެއެވެ.

ޤަވާއިދުގައިވާގޮތުން މަޖިލީހުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު މަޤާމުން ވަކިކުރަން ޤަރާރެއް ހުށަހެޅޭނީ މުޅި މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު މައްސަލަ ހުށަހަޅައިގެންނެވެ. މި ޤަރާރު މަޖިލީހުގެ އިދާރާއަށް ލިބޭތާ ގިނަވެގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި ޤަރާރުގެ ނޯޓިސް މެންބަރުންނާއި ނައިބު ރައީސަށް އަމީންއާންމު ފޮނުއްވާނެއެވެ. އަދި 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދޫނުން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ޤަރާރު ހުށަހަޅާނެއެވެ.

މިފަދަ ޤަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ އެ ޤަރާރާމެދު ގޮތެއް ނިންމުމަށްފަހުކަމަށްވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަންވާނީ މަޖިލީހުގެ ރައީސް ކަމަށްވެސް ގަވާއިދު ބުނެއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން