ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވަނީ އާދައިގެ ކާރެކެވެ. އެ ކާރުގެ އަގަކީ އެންމެ 260 ހާސް ރުފިޔާއެވެ. މިކަން އެނގުނީ އެމަނިކުފާނުގެ މާލީ ބަޔާން ހާމަކުރެއްވުމުންނެވެ.
ރައީސްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި ފާއިތުވި 6 މަސްދުވަހު މުސާރައިގެ ގޮތުގައި ލިބުނީ 285,024 ރުފިޔާއެވެ.
ކުލީގެ ގޮތުގައި ހުޅުމާލޭގައި ހުންނަ ރޯހައުސްއިން 240،000 ރުފިޔާ ލިބިފައި ވެއެވެ.
މ. ފިގް އާއިލާގެ ފަރާތުން 180,000 ރުފިޔާ ލިބިފައި ވެއެވެ. އެ ގެޔަކީ މުއިއްޒަށް ހިބައިން ލިބިފައިވާ ގެއެކެވެ.
ރައީސް ފައިސާ ރައްކާކޮށްފައިވަނީ 2 ބޭންކެއްގައެވެ. އެއީ ބީއެމްއެލް އާއި އިސްލާމިކް ބޭންކުގައެވެ. އިސްލާމިކް ބޭންކުގައި 1000 ރުފިޔާ ހުރި އިރު، ބީއެމްއެލް ސޭވިންގްސް ގައި 1.7 މިލިއަން ރުފިޔާ އެބަހުއްޓެވެ. ކަރަންޓު އެކައުންޓުގައި ހުރީ 185 ހާހެއްހާ ރުފިޔާއެވެ

