ޚަބަރު
ހަބަރު

ސިއްހީ މައްސަލައެއް ދިމާވެ މާލީ ވަޒީރު އިސްތިއުފާ ދެއްވައިފި

ހަސަން އަލީ
ހަސަން އަލީ
|| 2.2k
ޝެއާ ކުރޭ:
ސިއްހީ މައްސަލައެއް ދިމާވެ މާލީ ވަޒީރު އިސްތިއުފާ ދެއްވައިފި

ޒަމީރު އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ސިއްހީ ސަބަބުތަކަށްޓަކާ. މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ވެސް ކުރައްވާފަ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. 

އޭނާގެ އިސްތިއުފާގެ ސިޓީ ރައީސް މުހައްމަދު މުއިއްޒަށް މިއަދު ވަނީ ފޮނުއްވާފައިކަން ވަނީ ޔަގީންވެފަ އެވެ. 

ޒަމީރު އިސްތިއުފާ ދެއްވި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ސިއްހީ ސަބަބުތަކަށްޓަކަ އެވެ. މިދިޔަ ޑިސެމްބަރު މަހު ޒަމީރު ވަނީ އޮޕަރޭޝަނެއް ވެސް ކުރައްވައިފަ އެވެ. 

ޒަމީރު މި ސަރުކާރުގައި އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރަކަށެވެ. އޭނާ ފިނޭންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވީ ސެޕްޓެމްބަރު 30، 2024 ގައި ކެބިނެޓަށް ފުރަތަމަ ބަދަލުގެނައިއިރުގަ އެވެ. 

ޒަމީރު ވަޒީރުކަމުން އިސްތިއުފާދެއްވި އިރު އޭނާ އަކީ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އެވެ. އަދި އޭގެ އިތުރުން އިރާން ހަނގުރާމައާ ވިދިގެން އުފައްދާފައިވާ ހާއްސަ ވަޒީރުންގެ ކޮމިޓީގެ ޗެއާއަކީ ވެސް އޭނާ އެވެ. 

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން