ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ނިޔާވެފައި އޮތްވާ މިއަދު ހެނދުނު ފެނިއްޖެ އެވެ.
ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ، ރަތްވިލާގެ، އުމުރުން 48 އަހަރުގެ އިބްރާހިމް ޝާކިރު އެވެ.
ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ ބުރާސްފަތި ދުވަހުގެ ރޭ 06:30 ކަންހާއިރު ހުޅުމާލެ ސްޓެލްކޯ އާއި ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށް ފޭބި ދިވެހި ފިރިހެނަކު ގެއްލިގެން އެ އިދާރާ އަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނެފައި ވަނީ ހުޅުލެ ސީ ޕްލޭން ޓާމިނަލްގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް އޭނާ ފެނުނީ ހުޅުމާލެ ފަޅުތެރެއިން ކަމަށެވެ.

