ޚަބަރު
ހަބަރު

ވ.އަތޮޅު ހާދިސާ - މިއީ މި ބައިގަރުނުގައި ވެސް ދުނިޔޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 37k
ޝެއާ ކުރޭ:
ވ.އަތޮޅު ހާދިސާ - މިއީ މި ބައިގަރުނުގައި ވެސް ދުނިޔޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާ

މި އަދަދަށް ނޯވޭގައި ވަނީ ޑައިވަރުންތަކެއް އެއްފަހަރާ މަރުވެފައި. އެއީ 1983 ގައި. ދެން 1979 ގައި ގާނާގައި ވެސް 5 ޑައިވަރުން އެއްފަހަރާ މަރުވި.

ވ. އަތޮޅުގައި ދަތުރުކުރަމުންދިޔަ ސަފާރީއަކުން ޑައިވިނަށް ފޭބި އިޓަލީވިލާތުގެ ފަތުރުވެރިންތަކެއް ގެއްލިގެން ހޯދަމުން ދަނިކޮށް، އޭގެ ތެރެއިން އެކަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ބުނީ ގެއްލުނީ 5 މީހުންނެވެ.

މިއީ 1983 ވަނަ އަހަރަށް ފަހު ދުނިޔޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. ޖުމްލަކޮށް ބަލާއިރު މި ބައިގަރުނުތެރޭ ވެސް ދުނިޔޭގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ފަސް ޑައިވަރުން ނުވަތަ އެއަށްވުރެ ގިނަ ޑައިވަރުން އެކުގައި އެއްފަހަރާ މަރުވާ ހާދިސާތަކަކީ މިޒަމާނުގެ ސްކޫބާ ޑައިވިން ދުނިޔޭގައި ވަރަށް މަދުން ދިމާވާ ކަންކަމެވެ.

މި ޢަދަދަށް މީހުން މަރުވި ޑައިވިން ކާރިސާގައި އެންމެ ފަހުން ހިނގީ 1983 ވަނަ އަހަރު ނޯވޭގައެވެ.

ވ. އަތޮޅުގައި ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ހިނގި ކާރިސާ އާއި ގުޅިގެން އިޓަލީގެ މީޑިއާ އަކުން ބުނީ މި 5 މީހުން ވެސް ގާތްގަނޑަކަށް 60 މީޓަރު އަޑިން ހޮހަޅަތައް ހޯދަމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން