ޚަބަރު
ހަބަރު

ވެރިކަން ވައްޓާލަން ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ހަރަކާތްތެރިވަނީ: އަންނި

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 1.8k
ޝެއާ ކުރޭ:
ވެރިކަން ވައްޓާލަން ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ހަރަކާތްތެރިވަނީ: އަންނި

ނަޝީދު ވިދާޅުވީ ރައީސް އިމްޕީޗް ކުރުމުގެ ކަންކަން ނުހުއްޓުވޭނެ ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަށް ބައިއަތު ހިފައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީން ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެ މައްސަލައިގައެވެ.

"އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެއޭ. އާދެ، ނާޒިމާ އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ. ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މި އަހަރު ނިމުމުގެ ކުރިން ރައީސް މުއިއްޒު މަގާމުން ދުރުކުރެވިދާނެ ކަމަށް ކުރިން ވިދާޅުވެފައިވާ ވާހަކަތައް ވެސް ތަކުރާރު ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވީ ރައީސް އިމްޕީޗް ކުރުމުގެ ހުށަހެޅުމަކަށް ގާނޫނުއަސާސީ ހުއްދަ ދެނީ މަޖިލީހުގެ މެންބަރުންގެ ތިންބައިކުޅަ އެއްބައި މެމްބަރުންގެ ތާއީދު އޮތް ނަމަ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެފަދަ ހުށަހެޅުމެއް ހުށަހެޅުމަކީ ދުސްތޫރީ ހައްގެއް ކަމަށާއި އެކަން ހުއްޓުވޭކަށް ނެތް ކަމަށެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން