ޚަބަރު
ހަބަރު

ފޮޓޯ އުކުޅު ބޭނުންކޮށްގެން ބްރޯކަރުން މެދުވެރިކޮށްގެން ބަޖެޓަށް ފައިސާ ނުހޯދޭނެ: ސަރުވަޝް

ހަސަން އަލީ
ހަސަން އަލީ
|| 28k
ޝެއާ ކުރޭ:
ފޮޓޯ އުކުޅު ބޭނުންކޮށްގެން ބްރޯކަރުން މެދުވެރިކޮށްގެން ބަޖެޓަށް ފައިސާ ނުހޯދޭނެ: ސަރުވަޝް

ބައިނަލްއަޤްވާމީ ބޭންކުތަކުން ޤައުމަކަށް ލޯނު ދެނީ އެ ޤައުމެއްގެ މެކްރޯ އިކޮނޮމީ މެނޭޖްކުރާ ގޮތަށާއި ދަރަނި އަނބުރާ ދެއްކުމުގެ ޤާބިލުކަމަށް ބަލައި، އިޤްތިޞާދީ އިތުބާރު އޮތް މިންވަރެއްގެ މައްޗަށެވެ. ނަމަވެސް، ރާއްޖޭގެ ޖީޑީޕީ އާއި އާމްދަނީ އިތުރުކޮށް އިޤްތިޞާދު މެނޭޖްކުރުމަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބުން، މިއަހަރުގެ ބަޖެޓުގައި ހިމެނި ސުކޫކު ވިއްކުމާއި ބައިލެޓްރަލް ލޯނުތަކުން މިހާތަނަށް އެންމެ ފައިސާއެއްވެސް ދައުލަތަށް ލިބިފައިނުވާކަން އޭނާ ހާމަކުރެއްވިއެވެ.

ސަރުކާރުން ބަޖެޓަށް ފައިސާ ހޯދުމުގެ ނަމުގައި އެކި ފަރާތްތަކަށް ސިޓީ އާއި މެންޑޭޓް ދީ، ބޮޑެތި ހަފްލާތައް ބާއްވައިގެން ކުރިއަށްގެންދާ "ފޮޓޯ އުކުޅު" ތަކުން ބަޖެޓަށް ފައިސާ ނުހޯދޭނެ ކަމަށް ކުރީގެ ޕެންޝަން ބޯޑުގެ މެމްބަރު އަދި އިޤްތިޞާދީ މާހިރު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ. ޒަރިޔަންދާއެކު ޗެނަލް13 ގައި ރޭ ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން ސަރުވަޝް ވިދާޅުވީ، ބޭރުގެ މުއްސަނދި ބޭންކުތަކުން ފައިނޭންސް ހޯދައިދޭނެ ކަމަށް ބުނެ އުޅޭ ބްރޯކަރުން ސަރުކާރުތައް ހައްލާލައި، ރައީސުލްޖުމްހޫރިއްޔާއާއެކު ނަގާ ފޮޓޯތައް ބޭނުންކުރަނީ އަމިއްލަ މަންފާއަށް ބޭންކުތަކުން ލޯނު ހޯދަން ކަމަށެވެ. އަދި ބޭންކުތަކުން އެފަދަ މެދުވެރިއަކަށް ފައިސާދޭނަމަ، ދިވެހި ސަރުކާރުން ސީދާ ބޭންކުތަކަށް ގޮސްގެން ވެސް ފައިސާ ހޯދެން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުވަޝް ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ ބޭންކުތަކުން ޤައުމަކަށް ލޯނު ދެނީ އެ ޤައުމެއްގެ މެކްރޯ އިކޮނޮމީ (ޖުމްލަ އިޤްތިޞާދު) މެނޭޖްކުރާ ގޮތަށާއި ދަރަނި އަނބުރާ ދެއްކުމުގެ ޤާބިލުކަމަށް ބަލައި، އިޤްތިޞާދީ އިތުބާރު އޮތް މިންވަރެއްގެ މައްޗަށެވެ. ނަމަވެސް، ރާއްޖޭގެ ޖީޑީޕީ އާއި އާމްދަނީ އިތުރުކޮށް އިޤްތިޞާދު މެނޭޖްކުރުމަށް އޮތް އިތުބާރު ކުޑަވުމުގެ ސަބަބުން، މިއަހަރުގެ ބަޖެޓުގައި ހިމެނި ސުކޫކު ވިއްކުމާއި ބައިލެޓްރަލް ލޯނުތަކުން މިހާތަނަށް އެންމެ ފައިސާއެއްވެސް ދައުލަތަށް ލިބިފައިނުވާކަން އޭނާ ހާމަކުރެއްވިއެވެ. ބަޖެޓު އެކުލަވައިލާއިރު ޚަރަދުކުރަން ސަރުކާރުން ބޭނުންވި ނަމަވެސް، ބަޖެޓް ތަންފީޒު ނުވެގެން މިއުޅެނީ މިފަދައިން ބޭނުންވާ ފައިސާ ސަރުކާރަށް ނުހޯދޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މިގޮތަށް ބަޖެޓަށް ބޭނުންވާ ފައިސާ ނުލިބި، ބުރޯކަރުންގެ މަޅީގައި ސަރުކާރު ޖެހުމުގެ ނަތީޖާއަކީ ރަށްރަށުގައި ހިންގަން ފަށާފައިވާ ތަރައްޤީގެ މަޝްރޫޢުތައް އެއްކޮށް ހުއްޓުން ކަމަށް ސަރުވަޝް ވިދާޅުވިއެވެ. ރައްޔިތުންނަށް މިހާރު ފެންނަ މަންޒަރަކީ ރަށްރަށުގެ ޕްރޮޖެކްޓްތައް ހުއްޓި، އެ މަޝްރޫޢުތަކަށް ގެނެސްފައި ހުރި އަގުބޮޑު މެޓީރިއަލްތައް ބަނދަރުމަތީގައި ގިނަދުވަސްވެ، ދަބަރަށްވެ ހަލާކުވަމުންދާ ތަން ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ސަރުކާރާ މެދު ސުވާލު އުފައްދަން ފަށާފައިވަނީ ހަގީގަތުގައި ވެސް ފެންނަމުންދާ މިފަދަ ހިތާމަވެރި މަންޒަރުތަކާއި އިވޭ އަޑުތަކަށް ބިނާކޮށް ކަމަށް ވިދާޅުވެ، ސަރުވަޝް ވަނީ ސަރުކާރުގެ މާލީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން