ޚަބަރު
ހަބަރު

އިޤްތިޞާދު ފުނޑުފުނޑުކޮށްފަ ޞާލިޙު އަލުން ވެރިކަމަށް ކުރިމަތިލަނީ ޖަލަށް ދާން ޖެހިދާނެތީ!

ހަސަން އަލީ
ހަސަން އަލީ
|| 2.1k
ޝެއާ ކުރޭ:
އިޤްތިޞާދު ފުނޑުފުނޑުކޮށްފަ ޞާލިޙު އަލުން ވެރިކަމަށް ކުރިމަތިލަނީ ޖަލަށް ދާން ޖެހިދާނެތީ!

ޝާޒް ވިދާޅުވީ ރައީސް ޞާލިޙް ވެރިކަމަށް ނުކުންނަވަން އުޅުއްވަނީ އެމަނިކުފާނުގެ ދައުރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ތަހުގީގުކޮށް، ޝަރީއަތް ހިންގައި ޖަލަށްލަފާނެތީ އެކަމުގެ ބިރަށް ޓަކައި ސިޔާސީ ހިމާޔަތް ހޯއްދެވުމަށް. ޤައުމުގެ އިގްތިސާދު ފުނޑާލާފަ އެތައް އަހަރެއް ފަހަތަށް ޖައްސާލާފަ އަނެއްކާ އަލުން ކޮންކަމެއް ކުރާނަމޭ ހިތާތޯ ވެރިކަމާއިގެން ތިޔަ އުޅުއްވަނީ އޭ ވިދާޅުވެ ޝާޒް ވަނީ ސުވާލު އުފައްދާފަ.

ޤައުމުގެ އިގްތިސާދު ފުނޑާލާފަ އެތައް އަހަރެއް ފަހަތަށް ޖައްސާލާފަ އަނެއްކާ އަލުން ކޮންކަމެއް ކުރާނަމޭ ހިތާތޯ ވެރިކަމާއިގެން ތިޔަ އުޅުއްވަނީ

ޝާޒް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ނުކުންނަވަން ނިންމެވުމާ ގުޅިގެން، މަޝްހޫރު ވިޔަފާރިވެރިޔާ ޝާޒް ވަލީދު، ރައީސް ޞާލިޙަށް ވަރަށް ހޫނު “ހަމަލާއެއް” އަމާޒުކުރައްވައި ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފިއެވެ.

އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި ބޮޑެތި ކޮރަޕްޝަން އެ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ޝާޒް ވިދާޅުވީ “ޤައުމުގެ އިގްތިސާދު ފުނޑާލާފަ އެތައް އަހަރެއް ފަހަތަށް ޖައްސާލާފަ އަނެއްކާ އަލުން ކޮންކަމެއް ކުރާނަމޭ ހިތާތޯ (ސޯލިހު) ވެރިކަމާއިގެން ތިޔަ އުޅުއްވަނީ” ކަމަށެވެ.

މީގެ އިތުރުން، ޝާޒް ވަނީ ރައީސް ޞާލިޙް ވެރިކަމަށް ނުކުންނަވަން އުޅުއްވަނީ އެމަނިކުފާނުގެ ދައުރުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ތަހުގީގުކޮށް، ޝަރީއަތް ހިންގައި ޖަލަށްލަފާނެތީ އެކަމުގެ ބިރަށް، ސިޔާސީ ހިމާޔަތް ހޯއްދެވުމަށް ކަމަށް ބުނެ ބޮޑު ތުހުމަތެއް ކުރައްވާފައެވެ. އެޗްޑީސީގެ 200 މިލިއަން ރުފިޔާގެ މައްސަލައާއި އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލަތަކުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން އިން މިހާރު ވެސް ދަނީ އެ ސަރުކާރުގެ ބައެއް ކަންކަން ބަލަމުންނެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން