ޚަބަރު
ރިޕޯޓް/ކޮލަމް

15 އަނބިންނާއި 30 ދަރިންނާއި 100 ޚާދިމުންނާއެކު އެފްރިކާ ރަސްގެފާނު އަބޫދާބީއަށް

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 3.4k
ޝެއާ ކުރޭ:
15 އަނބިންނާއި 30 ދަރިންނާއި 100 ޚާދިމުންނާއެކު އެފްރިކާ ރަސްގެފާނު އަބޫދާބީއަށް

އެފަރިކާގެ ރަސްގެފާނުގެ މިސްވާޓީ ތިންވަނަ އަކީ 1986 ވަނަ އަހަރުން ފެށިގެން އެސްވާޓީނީގައި ވެރިކަން ކުރައްވަމުން ގެންދަވާ ރަސްގެފާނެވެ.

ސަހަރޯއެވެ. އެފްރިކާގެ ރަސްގެފާނު މިސްވާޓީ ތިންވަނަ، 15 އަނބިންނާއި 30 ދަރިންނާއި 100 ޚާދިމުންނާއި އެކު ބޮޑު ޝާހީ ވަފުދަކާއެކު އަބޫދާބީއަށް ކުރެއްވި ދަތުރުފުޅެއްގެ ވީޑިއޯއެއް ވައިރަލްވެއެވެ.

15 އަނބިންނާއި އެކު ފްރިކާގެ ރަސްގެފާނު ދަތުރުކުރެއްވީ އަމިއްލަ ޖެޓުގައެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ރަސްގެފާނު އޭނާގެ ފަހަތުން ހުރިހާ އަނބިންތައް ފައިބައެވެ. އަދި ސަފަކަށް އެތުރިގެން ހުރިހާ އަންހެނުން ތިއްބަވައެވެ. ރަސްގެފާނާއި ރަސްގެފާނުގެ އަނބިންގެ ކަންކަން ބަލަހައްޓަން 100 ޚާދިމުންނެވެ. ގިނައީ އަންހެނުންނެވެ. މި 100 ޚާދިމުންނަކީ އެފްރިކާގެ އެންމެ ރީތި، މީހުންނާއި ނުއިނދެ ތިބި ޒުވާނުންނެވެ.

އިންސްޓަގްރާމް، ފޭސްބުކް، ޔޫޓިއުބް އަދި އެކްސް ފަދަ ޕްލެޓްފޯމްތަކުގައި މި ވީޑިއޯ އެބަ ދައުރުވެއެވެ.

އެފްރިކާގެ އެންމެ ފަހުގެ މުޠުލަޤު ރަސްގެފާނުގެ ގޮތުގައި މަޝްހޫރު ރަސްގެފާނު މިސްވާޓީ ތިންވަނަ އަކީ 1986 ވަނަ އަހަރުން ފެށިގެން އެސްވާޓީނީގައި ވެރިކަން ކުރައްވާ ރަސްގެފާނެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން