ޚަބަރު
ރިޕޯޓް/ކޮލަމް

ކޮންމެ ބަލިމީހަކު ނަރުހެއްގެ މަތިން ހަނދާން ހުންނާނެ

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 1.9k
ޝެއާ ކުރޭ:
ކޮންމެ ބަލިމީހަކު ނަރުހެއްގެ މަތިން ހަނދާން ހުންނާނެ

ބަލި އެނދުގައި ކެތްތެރިކަން ކޮޅުންލައި، ވަރުބަލިކަން ވެރިވެގަނެ، ބިރުވެރިކަމުގެ ތެރޭގައި އޮންނަ ބަލިމީހާ އަށް އޯގާތެރިކަމާއި އެކު އަޅާލުންދީ އެ ބިރުވެރިކަން ވެރިވެފައިވާ ކޮޓަރި އަށް އަމާންކަން ގެނެސްދެނީ ނަރުހެވެ.

މިއަދަކީ ކޮންމެ ހޮސްޕިޓަލެއްގެ “ބެޑާއި”، އެމަޖެންސީ ރޫމާއި، ކްލިނިކްތަކުގެ ފަހަތުގައިވާ މަޑުމައިތިރި ބާރު ދެނެގަތުމަށް ދުނިޔެ މަޑުކޮށްލާ ހިނދުކޮޅެވެ. ދުނިޔޭގައި ފާހަގަކުރާ ނަރުހުންގެ ދުވަހުގެ މި ވަގުތުކޮޅު އަޅުގަނޑަށް ފީލް ކުރެވޭ އެއް ކަމަކީ ނަރުހުންނަކީ ކެތްތެރިކަމޭ މިކިޔާ ލަފުޒު ގިރައިގެން ބޮއެގެން ތިބި ތާހިރު ބައެއް ކަމެވެ. ބަލި އެނދުގައި ކެތްތެރިކަން ކޮޅުންލައި، ވަރުބަލިކަން ވެރިވެގަނެ، ބިރުވެރިކަމުގެ ތެރޭގައި އޮންނަ ބަލިމީހާ އަށް އޯގާތެރިކަމާއި އެކު އަޅާލުންދީ އެ ބިރުވެރިކަން ވެރިވެފައިވާ ކޮޓަރި އަށް އަމާންކަން ގެނެސްދެނީ ނަރުހެވެ. ރޮމުންދާ ކުޑަ ކުއްޖަކަށް ހިތްހަމަޖެހުން ގެނެސްދީ، ކަންބޮޑުވެފައިވާ ޢާއިލާތަކަށް އުއްމީދު ހެނެސްދެނީ ނަރުހުންނެވެ.

ތެދެކެވެ. މުޅި ދުނިޔޭގައި ވެސް ނަރުހުން ފިޔަވަޅު އަޅަނީ 50-50 ގައެވެ. އެތައް ބަލިމީހެއް މަރުގެ ތުންފަތްމަތީގައި އޮންނަ އިރު ހިއްވަރު ދުލެއް ނުކޮށް، އެ ބަލިމީހުން އެ ހާލަތަށް ދުލެއް ނުކޮށް، އަނބުރާ ގެނެވޭތޯ އެންމެ އުނދަގޫ ވަގުތުތަކުގައިވެސް މަޑުމައިތިރި ކަރާމާތާއެކު ކުރިއަށް ދަނީ އެމީހުން އާއިލާ އާއި އެކު ވަގުތު ގުރުބާންކޮށް، އަމިއްލަ ސިއްހަތު ނުރައްކަލަށް ހުށަހަޅައިގެންނެވެ.

ނަރުހުން ބިޒީއެވެ. ވަރަށް ބިޒީއެވެ. އެމީހުންގެ ހަނދާނުގައި ހުރިހާ ބަލިމީހުން ނުތިބެފާނެއެވެ. ނަމަވެސް ކޮންމެ ބަލިމީހަކު ނަރުހެއްގެ މަތިން ހަނދާން ހުންނާނެއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން