ޚަބަރު
ޓުއަރިޒަމް، ވިޔަފާރި

ތިންމަސްތެރޭ ފަތުރުވެރިކަމުން 500 މިލިއަން ޑޮލަރުގެ ގެއްލުން!

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 1.8k
ޝެއާ ކުރޭ:
ތިންމަސްތެރޭ ފަތުރުވެރިކަމުން 500 މިލިއަން ޑޮލަރުގެ ގެއްލުން!

މާޗު މަހުން ފެށިގެން މިހާތަށް ފަތުރުވެރިކަން ދަށަށް ދިޔައީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން.

މެދުއިރުމަތީގެ ހަނގުރާމަ އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް ކުއްލި ހީނަރުކަމެއް އައިސްފައިވާ ކަމަށާއި، މިދިޔަ މާޗު މަހުން ފެށިގެން މިހާތަނަށް 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އަދި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްގޭމް) އިން ބުނެފިއެވެ.

މި ދެފަރާތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހީނަރުކަމުގެ ސަބަބުން ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ގެސްޓްހައުސްތަކަށް މާލީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އަވަސް ހައްލެއް ނުލިބިއްޖެނަމަ ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެދާނެކަމުގެ ބިރު އޮތުމުން، ވަނީ ޚާއްޞަ ލޯނު ފެސިލިޓީތަކާއި އިމަޖެންސީ ފައިނޭންސިން ސްކީމްތައް ތަޢާރަފުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އޭގެ އިތުރުން، ލޯނުތައް ފަސްކޮށްދިނުމާއި، ޓެކްސް ދެއްކުން ލަސްކޮށްދިނުމާއި، އެކި ފީތައް މަޢާފުކޮށްދިނުމުގެ އިތުރުން ވިޔަފާރިތައް ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ލުއިތަކެއް ހޯދައިދިނުމަށްވެސް ވަނީ އެދިފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އަށް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން