ޚަބަރު
ޓުއަރިޒަމް، ވިޔަފާރި

ގޭސްފުޅީގައި ނުބައި ކެމިކަލެއް: އިޓަލީ މީޑިއާގެ ޝައްކު

ޢައިނުޑަވިޔަނި
ޢައިނުޑަވިޔަނި
|| 18k
ޝެއާ ކުރޭ:
ގޭސްފުޅީގައި ނުބައި ކެމިކަލެއް: އިޓަލީ މީޑިއާގެ ޝައްކު

އިޓަލީ މީޑިއާތަކުން ބުނަނީ މަރުވި ފަސްމީހުންގެ ވައިފުޅީގައި ނުބައި ކެމިކަލެއް މިކްސް ވެފައިވާ ކަމަށް ސުވާލު އުފެދޭ ކަމަށް. ނަމަވެސް މިކަމުގައި އެއްވެސް ހެއްކެއް ނެތް!

ރާއްޖޭގެ ކަނޑުއަޑިއަށް (މީހުން ޑައިވް ކުރުމަށް ދާން އޮންނަ މިމްގަނޑަށް ވުރެ ވެސް މާ އަޑިއަށް) ފީނަން ގޮސް އުޅުމުގެ ތެރޭގައި މަރުވި އިޓަލީގެ 5 މީހުންގެ މަރާއި ގުޅިގެން ބައިނަލްއަޤްވާމީ މީޑިއާއިން ފާޑުފާޑުގެ ވާހަކަތައް ފަތުރައި ރާއްޖޭގެ އިމޭޖް ހަޑިކުރަން މަސައްކަތް ފަށައިފިއެވެ.

އިޓަލީގެ ނޫހަކަށް ޕަލްމޮނޮލޮޖިސްޓް ކްލޯޑިއޯ މިޝެލެޓޯ ބުރާސްފަތި ދުވަހު ބުނީ ރާއްޖޭގައި މަރުވި 5 މީހުންގެ މަރުގެ ފަހަތުގައި ވަނީ ޓޭންކުތަކަށް އަޅާފައިވާ ގޭހުގެ މިކްސްއެއް ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. މިހެން ބުނެ އޭނާ ވަނީ ޝައްކު އުފައްދާފައެވެ.

އޭނާ ސުވާލު އުފެއްދީ އެ ފަސް ޑައިވަރުން ވެސް މަރުވީ އެއް ވަގުތެއްގައި ކަމަށް ވާތީއެވެ.

ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ސިފަކުރި ކަމުގައި ވިޔަސް، މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެތޯ ކޯސްޓުގާޑާއި އަދި ކަމާއި ގުޅުން ހުރި ހުރިހާ އިދާރާތަކުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން