ޚަބަރު
ކުޅިވަރު

ފުރާންސުން މިރޭ ނުކުންނަނީ ތާރީހީ ހިތްދަތި ހަނދާނާއެކު

ހަސަން އަލީ
ހަސަން އަލީ
|| 2.7k
ޝެއާ ކުރޭ:
ފުރާންސުން މިރޭ ނުކުންނަނީ ތާރީހީ ހިތްދަތި ހަނދާނާއެކު

2002 ވަނ އަހަރު ވޯލްޑްކަޕްގެ ފުރަތަމަ މެޗު ފުރާންސުން ސެނެގަލްގެ އަތްދަށުވީ 0-1ލަނޑުން.

މިދިޔަ ވޯލްޑް ކަޕުގެ ރަނަރަޕް އަދި 2018 ވަނަ އަހަރުގެ ޗެމްޕިއަން ފްރާންސް އާއި ދެކޮޅަށް މިރޭ ނުކުންނަ ސެނެގާލް އަކީ އެފްރިކާހެ އެންމެ ވަރުގަދަ އެއް ޓީމެވެ.

ފްރާންސް

މިރޭ އެންމެން ވެސް ބަލަން ބޭނުމީ އެމްބާޕޭ އާއި، އުސްމާން ޑެމްބެލޭ, ޑިޒަޔާ ޑުއޭގެ އިތުރުން ޝޯން ފިލިޕް މަޓޭޓާ އާއި މައިކަލް އޮލިސޭ ފަދަ ހުނަރުވެރި ތަރިންގެ ކުޅުމެވެ.

ސެނެގާލް

ފާއިތުވި 3 ފަހަރު ވެސް ވޯލްޑްކަޕުގައި ކުޅުނު އެ ގައުމުން މިފަހަރު މި ވާދަކުރަނީ ހަތަރުވަނަ ފަހަރެވެ.

މިދިޔަ ފަހަރު ދެވަނަ ބުރު ފަހަނައަޅާ ނުދިޔަސް 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދިއެވެ. އެ އަހަރުގެ ވޯލްޑްކަޕްގައި ސެނެގާލް އިން ތާރީޚީ ކާމިޔާބީއެއް ހޯދިއިރު 2018 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓީއެވެ.

ސެނެގާލް ގައި ތިބި މުހިއްމު ތަރިންނަކީ ސައުދި އަރަބިއްޔާގެ އަލް ނަސްރަށް މިހާރު ކުޅެމުންދާ ކެޕްޓަން ސަޑިއޯ މާނޭ އާއި ހާލިދު ކުލިބާލީ, އެޑުއާޑް މެންޑީގެ އިތުރުން އިދްރީސާ ގުއާއޭ އެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން