ޚަބަރު
ކުޅިވަރު

ވޯލްޑްކަޕް: މިފަހަރު ފެނުނު ސަޕްފައިޒް ޓީމުތައް

އާޔަން ސައުދުالله ލަޠީފް
އާޔަން ސައުދުالله ލަޠީފް
|| 2.8k
ޝެއާ ކުރޭ:
ވޯލްޑްކަޕް: މިފަހަރު ފެނުނު ސަޕްފައިޒް ޓީމުތައް

އިކުއެޑޯރުން ވަނީ މުބާރާތުގެ ވަރުގަދަ ޖަރުމަނު 2-1 އިން ބަލިކޮށް ބޮޑު ސަޕްރައިޒެއް ދީފަ. ސައުތުއެފްރިކާ އާއި އައިވަރީ ކޯސްޓުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ނޮކްއައުޓް ބުރަށް ކޮލިފައިވެފަ.

ފީފާ ވޯލްޑްކަޕް 2026 ގެ ގްރޫޕް ސްޓޭޖުގެ ފޯރިގަދަ މެޗުތަކަށް ފަހު، މުބާރާތުގެ އާ ފޯމެޓުގެ ދަށުން ދެވަނަ ބުރު ނުވަތަ ގަދަ 32 ގެ ޖާގަތައް ޓީމުތަކުން މިހާރު ވަނީ ކަށަވަރުކުރަން ފަށާފައެވެ.

މި ފަހަރުގެ މުބާރާތުން ބޮޑެތި ސަޕްރައިޒްތަކެއް ފެނިގެން ގޮސްފައިވެއެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ސަޕްރައިޒް ޓީމަކީ ސައުތު އެފްރިކާއެވެ.

ބަފްނާ ބަފްނާ/ ސ.އެފްރިކާ

ގްރޫޕް 'އޭ' ގައި ހިމެނުނު ސައުތު އެފްރިކާ (ބަފްނާ ބަފްނާ) އިން ވަނީ ދުނިޔޭގެ ވަރުގަދަ ބާރެއް ކަމަށްވާ ސައުތު ކޮރެއާ 1-0 އިން ބަލިކޮށް، މުޅި ފުޓްބޯޅަ ދުނިޔެ ސިއްސުވާލާފައެވެ.

IMG_4595.jpeg

މިއީ އެ ގައުމުގެ ތާރީޚުގައި ވޯލްޑްކަޕެއްގެ ނޮކްއައުޓް ބުރަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އެމީހުން ދެވަނަ ބުރަށް ދިޔައިރު ގިނަބަޔަކު ބުނަމުން ދިޔައީ އެ ޓީމު ދެވަނަބުރަށް ނުދާނެ ކަމަށެވެ.

އިކުއެޑޯ

IMG_4593.jpeg

މީގެ އިތުރުން، ގްރޫޕް 'އީ' ގައި ހިމެނޭ އިކުއެޑޯރުން ވަނީ މުބާރާތުގެ ވަރުގަދަ ޖަރުމަނު 2-1 އިން ބަލިކޮށް ބޮޑު ސަޕްރައިޒެއް ދީފައެވެ. މި މޮޅާއެކު އެމީހުން ވަނީ އެންމެ މޮޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 32 އަށް ދަތުރުކޮށްފައެވެ.

އައިވަރީ ކޯސްޓު

IMG_4596.jpeg

ހަމައެހެންމެ، އެފްރިކާގެ އައިވަރީ ކޯސްޓުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކައި، އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ނޮކްއައުޓް ބުރަށް ކޮލިފައިވެފައެވެ.

އަނެއްކޮޅުން، ގްރޫޕް 'ޑީ' ގައި ހިމެނުނު އަދި ގިނަ ބަޔަކު 'ޑާކް ހޯސް' ގެ ގޮތުގައި ބެލި ތުރްކިޔޭ ކެޓުން ވީ މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް ސިހުމަށެވެ. އެ ގްރޫޕުން އެމެރިކާއާއެކު އޮސްޓްރޭލިއާ ވަނީ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ.

48 ޓީމަށް މުބާރާތް ބޮޑުކުރުމުން ކުދި ގައުމުތަކަށް ފުރުސަތު ބޮޑުވެ، ބޮޑެތި ޓީމުތަކަށް ވަނީ ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައެވެ.

ގަދަ 32 ގެ މެޗުތައް ފެށޭއިރު، މި ސަޕްރައިޒް ޓީމުތަކުގެ ސަބަބުން މުބާރާތުގެ ފޯރި އިތުރަށް ގަދަވެގެންދާނެ ކަމަށް ފީފާއިން ލަފާކުރެއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން