ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ކޮޅަށް ފުރަތަމަ ފަހަރަށް މޮރޮކޯ އިން ގޯލެއް ޖަހައިފިއެވެ. ނަމަވެސް، ގްރޫޕް ސީގައި މޮރޮކޯ އިން ގޯލެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ބްރެޒިލް އިން ގޯލެއް ޖަހައި 1-1 އިން ވަނީ އެއްވަރު ކޮށްފިއެވެ.
ރޭގެ މެޗުގެ 21 ވަނަ މިނެޓުގައި ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މޮރޮކޯއަށް ކާމިޔާބު ކޮށްދިނީ އިސްމާއީލް ސައިބާރީއެވެ. މިއީ ވޯލްޑް ކަޕްގައި މޮރޮކޯއަށް ބްރެޒިލްގެ ކޮޅަށް ލަނޑެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވާއިރު، އޭގެ 10 މިނެޓް ފަހުން ބުރެޒިލުން އެއްވަރުކޮށް ނަތީޖާ ސީލް ކޮށްލިއެވެ.
މިގްރޫޕްގައި މޮރޮކޯ ކުޅޭ ދެވަނަ މެޗުގައި ނިކުންނާނީ ސްކޮޓްލަންޑް އާއި ދެކޮޅަށެވެ. އަދި ބްރެޒިލް ބައްދަލުކުރާނީ ހައިޓީ އާއެވެ.

