ޖޫން 11 އިން ފެށިގެން ޖޫން 27 އަށް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި 72 މެޗު ކުޅެން ހަމަޖެހިފައިވެ އެވެ.
މިހާ ގިނަ މެޗުތައް ކުޅޭއިރު ހުރިހާ މެޗެއްގެ ކަވަރޭޖު ގެނައުމަކީ ދަތި ކަމެކެވެ. އެހެންނަމަވެސް ތިޔަބޭފުޅުންނަށް އެހީތެރިވުމުގެ ގޮތުން އަޅުގަނޑުމެން މިވަނީ ގްރޫޕް ސްޓޭޖުގެ “ބަލަން ޖެހޭ” ފަސް ފިކްސްޗަރ ހޮވާފައެވެ. ހުރިހާ މެޗެއް ވެސް ވަގުތު ޖަހާފައި މިވަނީ ރާއްޖޭގެ ގަޑިންނެވެ.

⚽️ ބްރެޒިލް އާއި މޮރޮކޯ
ޖޫން 13، ދަންވަރު 3 ޖަހާއިރު
ގްރޫޕް ސީގެ މި މެޗަކީ މުބާރާތުގެ ފުރަތަމަ ހަފްތާ ބަންދުގެ ހައިލައިޓަކަށް ވާންޖެހޭއިރު، ފަސް ފަހަރު ޗެމްޕިއަންކަން ހޯދި ބްރެޒިލް އާއި ގަތަރު 2022 ގެ ސަޕްރައިޒް ޕެކޭޖް މޮރޮކޯ ބައްދަލުކުރާ މި މެޗު އޮތީ ނިއު ޖާޒީގަ އެވެ.
ބްރެޒިލް މުބާރާތަށް އަންނަނީ މުސްކުޅި ޓީމަކާ އެކު ނަމަވެސް ސުޕަސްޓާރުން އެބަތިއްބެވެ. އޭގެތެރޭގައި ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއާ ވެސް ހިމެނެއެވެ. ކޯޗަކީ ކާލޯ އެންޗެލޯޓީއެވެ.
މޮރޮކޯއިން އިން އުތުރު އެމެރިކާއަށް ގޮސްގެން މިއުޅެނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންގެ ގޮތުގައެވެ. އެއީ ސެނެގާލް އަތުން ފައިނަލް މެޗުން ބަލިވުމުން ރެޓްރޮސްޕެކްޓިވްކޮށް އެ ޗެމްޕިއަންކަން ލިބުމުންނެވެ. ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ބްރަހިމް ޑިއާޒް އާއި އަޗްރަފް ހަކީމީ ހިމެނެ އެވެ.
⚽️ ނެދަލެންޑްސް އާއި ޖަޕާން ބައްދަލުކުރާ މެޗު
ޑަލަސް، ޓެކްސަސް، އެމެރިކާ – ޖޫން 14، ރޭގަނޑު 1 ޖަހާއިރު
ގްރޫޕް އެފް ގެ މި މެޗަށް ޓެކްސަސްގެ އާލިންގޓަންގެ 94،000 މީހުންގެ ޖާގައިގެ ބޮޑު ޑަލަސް ސްޓޭޑިއަމްގައި ރޮނާލްޑް ކޯމަންގެ ނެދަލެންޑްސް ޓީމު ނުކުންނަނީ ޖަޕާނާ ދެކޮޅަށެވެ.
ވޯލްޑް ކަޕް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރަން ނެދަލެންޑްސް އިން މަސައްކަތް ކުރަމުން އަންނައިރު، ގަތަރު 2022 ގައި ގްރޫޕް ސްޓޭޖުގައި ޖަރުމަނާއި ސްޕެއިން ބަލިކޮށް ސަމުރާއީ ބްލޫ ވަނީ 16 ވަނަ ބުރުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިއާ އަތުން ބަލިވެފަ އެވެ.
މި ދެ ޓީމު ވެސް ބަލާނީ ގްރޫޕް އެފްގެ އެއްވަނަ ހޯދާށެވެ. މި ގްރޫޕުގައި ހިމެނޭ ސްވިޑެން އާއި ޓިއުނީޝިއާގެ ފަރާތުން ސަމުރާއީ ބްލޫ އާއި ނެދަލެންޑްސް އަށް މާ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު ކުޑަ ކަމަށް ގަބޫލު ކުރެވެއެވެ.

⚽️ ފްރާންސް އާއި ސެނެގާލް ބައްދަލުކުރާ މެޗު
އީސްޓް ރަދަރފޯޑް، ނިއު ޖާރޒީ، އެމެރިކާ – ޖޫން 16، ރޭގަނޑު 7 ޖަހާއިރު
މި ދެ ޓީމު ބައްދަލު ނުކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މުޅި ދުނިޔެ ސިއްސުވާލީ 2002 ވަނަ އަހަރު ޖަޕާނާއި ދެކުނު ކޮރެއާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޑިފެންޑިން ޗެމްޕިއަން ޓީމު 1-0 އިން ބަލިކޮށްގެންނެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ރީމެޗަކީ ނިއު ޖާޒީގައި ކުޅޭ މެޗަކަށް ވާއިރު، މިއީ އެންމެ ފޯރި ގަދަ ގުރޫޕެވެ. ނޯވޭ އާއި އިރާގު ވެސް އޮތީ މި ގުރޫޕުގައެވެ.
⚽️ އިންގްލެންޑާއި ކްރޮއޭޝިއާ
ޑަލަސް، ޓެކްސަސް، އެމެރިކާ – ޖޫން 18، ރޭގަނޑު 1 ޖަހާއިރު
މި މެޗަޕަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުގެ ރިޕީޓެކޭ ވެސް ބުނެވިދާނެއެވެ.
މި ދެ ޓީމު ތިން ފަހަރު ބައްދަލުކޮށްފައިވާއިރު، އިންގްލެންޑުން ދެ ފަހަރު މޮޅުވެފައިވެއެވެ. އަނެއް މެޗުގައި ލަނޑެއް ނުޖެހި ވީ އެއްވަރެވެ.
މި މުބާރާތަކީ ފުރަތަމަ ފަހަރަށް ތްރީ ލަޔަންސް މުބާރާތަކަށް ލީޑް ކުރަމުން އަންނަ އިންގްލެންޑްގެ ކޯޗު ތޯމަސް ޓޫޗެލް އަށް ވަރަށް ބޮޑު އިމްތިހާނަކަށް ވާނެ އެވެ.
ގްރޫޕް އެލްގައި ގާނާ އާއި ޕެނަމާ ހިމެނޭއިރު، ގްރޫޕް ސްޓޭޖު ކުރީގައި ނިންމާނީ ކޮން ކުޅުންތެރިއެއްތޯ ނިންމުމުގައި މި މެޗަކީ ވަރަށް ބޮޑު ދައުރެއް އަދާކުރަން ޖެހޭ މެޗެވެ.

⚽️ ކޮލަމްބިއާ އާއި ޕޯޗުގަލް ބައްދަލުކުރާ މެޗު
މިއާމީ، ފްލޮރިޑާ، އެމެރިކާ – ޖޫން 28، ފަތިހު 4:30
ގްރޫޕް ކޭ ގެ ހުރިހާ ޓިކެޓެއް މުޅިން ވިކި ހުސްވެއްޖެއެވެ. މި މެޗަށް ސަޕޯޓަރުންގެ ޑިމާންޑް ބޮޑުކަމުން ރީސޭލް ސައިޓްތަކުގައި 2،200 ޑޮލަރާއި 3،000 ޑޮލަރާ ދެމެދަށް ޓިކެޓް އެބަ ވިއްކައެވެ. މިއީ 2026 ވަނަ އަހަރުގެ މުބާރާތުގެ އެންމެ އަގުބޮޑު ގްރޫޕް ސްޓޭޖް މެޗެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އިން ވަރަށް ވަރުގަދަ ކުޅުމެއް ދެއްކިއިރު، އެޓޭކިންގައި އެންމެން ބަލާނީ ލުއިސް ޑިއާޒް އާއި ޖޭމްސް ރޮޑްރިގޭޒް އަށެވެ.
އުޒްބެކިސްތާނާއި ކޮންގޯ ހިމެނޭ މި ގްރޫޕުގެ ފޭވަރިޓުންގެ ގޮތުގައި އޮތީ ޕޯވުގަލެވެ.

