އާރްޓީއެލް ގެ ހުވަދު އަތޮޅުގެ ހުރިހާ ފެރީތައް ހަލާކުވެ ރައްޔިތުން ރަށުބަންދު ވެއްޖެއެވެ.
ވަމުންދާގޮތް އޮޅުންފިލުވައިދެމުން ދެއްވަދޫ އާއި ކޮލަމާފުށިން ބުނީ މިއަދަށް ކޫއްޑޫ އިން މާލެ ދިޔުމަށް ޓިކެޓް ނަގާފައި ވަނިކޮށް ކުއްލިޔަކަށް ފޯނަށް އައީ ފެރީ ކެންސަލްވި މެސެޖެއް ކަމަށެވެ.
އަހަރެމެން މިތިބީ އާރްޓިއެލް އިން ޓިކެޓް ނަގައި އަދި އައިލެންޑް އޭވިއޭޝަނު ފުލައިޓުންވެސް ޓިކެޓް ނަގާފަ. ފުރަން ޖެޓީއަށް ދަނިކޮށް މި އަންނަނީ މެސެޖު… ލޯންޗު ކެންސަލް ވެއްޖެއޭ އިންޖީނު މައްސަލައެއް ދިމާވެގެން. މި ފެރީ އެކަނި މި އޮންނަނީ މުޅި ހުވަދުއަތޮޅަށް.
ދެއްވަދޫ އިން ވާހަކަ ދެއްކި އިސް ބޭފުޅަކު ވިދާޅުވީ އެރަށަށް އަންނަ އާރްޓީއެލް ފެރީގެ އޭސީ ވެސް ހުންނަނީ ހަލާކުވެފައި ކަމަށާއި، ވަށައިގެން ބަންދުކޮށްފައިވާ އެ ފެރީ އެކޭ އަވަނެކޭ ތަފާތެއް ނެތެވެ. އެއިން ދަތުރުކުރަން ޖެހެނީ ނުލާހިކު ދަތިހާލުގައި ކަމަށާއި، ނަމަވެސް އެ ފެރީވެސް މިހާރު ހަލާކުވެއްޖެ ކަމަށެވެ.
މިކަމާއި ގުޅިގެން އާރްޓީއެލް ގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.

