ބްރެޒިލް އާއި ޖަޕާން ވާދަކުރި ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ފޯރިގަދަ ކުރިމަތިލުން 2-1 ގެ ނަތީޖާއަކުން ބްރެޒިލް ކާމިޔާބުކޮށްފިއެވެ. ހިއުސްޓަންގެ އެންއާރްޖީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބްރެޒިލް ދެލަނޑު ޖަހައި ޖަޕާނު ކަޓުވައިލީ ފަހަތުން އަރައެވެ. މުޅި މެޗު ކޮންޓްރޯލް ކުރީ ބްރެޒިލްއިންނެވެ. ބްރެޒިލަށް މޮޅު ވެވުނީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ.
މެޗުގެ މުހިއްމު ދަނޑިވަޅުތައް
ޖަޕާނުން ސިހުންގެނައުން: މެޗުގެ 29 ވަނަ މިނެޓުގައި ޖަޕާނުގެ މިޑްފީލްޑަރު ކައިޝޫ ސާނޯ ވަނީ ބްރެޒިލްގެ ޑިފެންސްލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ގޯލެއް ކާމިޔާބުކޮށް ޖަޕާނަށް ލީޑު ހޯދައިދީފައެވެ. ފުރަތަމަ ހާފު ނިމުނީ 1-0 އިން ޖަޕާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ބްރެޒިލްއިން އެޓޭކްތައް ވަރުގަދަކޮށް، 56 ވަނަ މިނެޓުގައި ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ވަނީ ބޮލުން ގޯލެއް ޖަހައި ބްރެޒިލްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރުވަގުތުގެ ގޮތުގައި ދެއްކި މިނެޓުތަކުގެ ތެރެއިން 95 ވަނަ މިނެޓުގައި ގަބްރިއެލް މާޓިނެލީ ވަނީ ހިތްގައިމު ގޯލެއް ޖަހައި، ބްރެޒިލަށް ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.

