ޚަބަރު
ޓުއަރިޒަމް، ވިޔަފާރި

ޑޮލަރުގެ މައްސަލަ ހައްލު ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ޓޫރިޒަމް ސްޓޭކްހޯލްޑަރުން ބުނެފި

farhan
farhan
|| 1.8k
ޝެއާ ކުރޭ:
ޑޮލަރުގެ މައްސަލަ ހައްލު ކުރެވޭނީ ރައީސް ޔާމީނަށް ކަމަށް ޓޫރިޒަމް ސްޓޭކްހޯލްޑަރުން ބުނެފި

އެމްޑީޕީގެ ދައުރުގައި ދަރަނި އިންތިހާއަށް ބޮޑުވެ، ރޭޓު ކޮންޓްރޯލުން ނެއްޓިގެން ދިޔައިރު، މިހާރުގެ ޕީއެންސީ ސަރުކާރުން ބޭންކުތަކަށް ޑޮލަރު ދިނަސް ޑޮލަރުގެ އަގު މިއިން ޒަމާނަކު ނުދާބާ މިންވަރަށް ކަޅުބާޒާރުގައި އުފުލިއްޖެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމާއި އިގްތިސާދީ ކްރައިސިސް ހައްލުކޮށް، ކަޅު ބާޒާރުގެ ރޭޓު ކޮންޓްރޯލް ކުރުމުގެ ގާބިލްކަން ހުރީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެ ކިބައިގައި ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ސްޓޭކްހޯލްޑަރުން ބުނަން ފަށައިފިއެވެ.

މި ވާހަކަތައް ދެކެވިފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ބޮޑުން ހިމެނޭ ހާއްސަ ވަޓްސްއެޕް ގްރޫޕެއްގެ ތެރޭގައެވެ. މި ގްރޫޕުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު (އަންނި) ވެސް ހިމެނިވަޑައިގަންނަވާއިރު، ސްޓޭކްހޯލްޑަރުން ދެއްކި މި ވާހަކަތަކަށް އެ ދެ ބޭފުޅުން އެއްވެސް އެއްޗެއް ވިދާޅުނުވެ، ހަނު ހުންނެވިކަން ވަނީ އެނގިފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ފަރާތްތަކުން ފާހަގަކުރި ގޮތުގައި، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރާއި މިހާރުގެ ޕީއެންސީ ސަރުކާރަށް ވެސް ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައެއް ނުދެވުނެވެ. އެމްޑީޕީގެ ދައުރުގައި ދަރަނި އިންތިހާއަށް ބޮޑުވެ، ރޭޓު ކޮންޓްރޯލުން ނެއްޓިގެން ދިޔައިރު، މިހާރުގެ ޕީއެންސީ ސަރުކާރުން ބޭންކުތަކަށް ޑޮލަރު އިތުރުކުރަން ނިންމި ނިންމުމަކީ ޔާމީން ސިފަކުރެއްވި ގޮތުގައި ހަމައެކަނި "ތަނެއް ކަހައިލީމަ ކަހާލުން" ފަދަ ވަގުތީ ކަމެކެވެ. މީގެ އިތުރުން، މަޖުބޫރުން ޑޮލަރު މާރުކުރުވަން ހެދި ގާނޫނުތަކުން ވެސް ކަޅު ބާޒާރުގެ ރޭޓު 21 އަށް އެރުން ހުއްޓުވައެއް ނުލެވުނެވެ. އިގްތިސާދީ މާހިރުންނާއި ސްޓޭކްހޯލްޑަރުން ގަބޫލުކުރާ ގޮތުގައި ޔާމީންގެ ވެރިކަމުގައި (2013–2018) ރާއްޖޭގެ ބޭރުގެ ދަރަނި އޮތީ އެންމެ ދަށް މިންވަރެއްގައެވެ. އެމަނިކުފާނުގެ ހަރުދަނާ މަނިޓަރީ ޕޮލިސީގެ ދަށުން، ރަސްމީ ރޭޓާއި ކަޅު ބާޒާރުގެ ރޭޓާ ދެމެދު އޮތް ފަރަގު ކުޑަކޮށް، ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓެވިއެވެ.

ސިނާއަތުގެ ބޮޑުން ބުނަނީ ވިޔަފާރިތަކަށް ފަހި މާހައުލެއް ހޯދައިދީ، މަޖުބޫރުކުރުމެއް ނެތް ހަރުދަނާ ސިޔާސަތެއް ނެރެވޭނީ ހަމައެކަނި ޔާމީނަށް ކަމަށެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން