ޚަބަރު
ޓުއަރިޒަމް، ވިޔަފާރި

ފަތުރުވެރިކަން ދަށްވުމުން ވިޔަފާރިވެރިންނަށް ސަރުކާރުން ފައިސާދޭނަމަ އަހަރެމެންނަށް ވެސް ފައިސާ ދޭން ވާނެ

ހަސަން އަލިމަނިކު (މަނިކުފާނު)
ހަސަން އަލިމަނިކު (މަނިކުފާނު)
|| 2.8k
ޝެއާ ކުރޭ:
ފަތުރުވެރިކަން ދަށްވުމުން ވިޔަފާރިވެރިންނަށް ސަރުކާރުން ފައިސާދޭނަމަ އަހަރެމެންނަށް ވެސް ފައިސާ ދޭން ވާނެ

ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ޓުއަރިސްޓުން ނައިސްގެން އެފަރާތްތަކަށް ގެއްލުން ވެއްޖެ އޭ ކިޔައި ސަރުކާރުން ފައިސާ ދެން ޖެހޭ ނަމަ، ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހޭ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ފައިސާ ދޭންވާނެ. ދަރަނިތައް ފުއްދައިދޭން ވާނެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު މަދުވެއްޖެ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގެސްޓުހައުސް ތަކަށް ފައިސާ ދޭން ސަރުކާރުން ޖެހޭނެ ކަމަށް ދޭހަވާ ގޮތަށް ބައެއް ފަރާތްތަކުން އެބަ ބުނެއެވެ. އެއީ ވިޔަފާރިވެރިންނެވެ. ފައިސާވެރިންނެވެ. ވަޒީފާއެއް ނެތި ފަސްވަގުތު ނަމާދަށްދާ އެތައް އަޅުން ވެސް އެބަތިއްބެވެ. އެ މީހުންވެސް ކާން ބޯން ފައިސާ ހޯދަން ބޭނުން ވެއެވެ. މިސްކިތު މުދިމުންނަށް ލިބޭ ފައިސާ އާއި، ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ތަންތަނާގައި އުޅޭ މީހުންނަށް ލިބޭ މުސާރަ އިން ވެސް ދެކޮޅު ޖެހެނީއެއް ނޫނެވެ. ތަކެތި އަގުބޮޑު ވުމުންނެވެ. އެމީހުނއގެ ވާހަކަ ދައްކާނެ ބަޔަކު ނެތެވެ. ނޫސްވެރިން ވެސް ދައްކަނީ މުއްސަނދިންނަށް ގެއްލުން ލިބެޔޭ އެމީހުންނަށް ސަރުކާރުން ފައިސާ ދޭށޭ ކިޔައި މުއްސަނދިން ދައްކަމުންދާ ވާހަކަތަކެވެ.

މަދު ވެއްޖެތަ؟

މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ރިސޯޓުތަކަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރާ އަޅާބަލާއިރު 40،000 ދަށްވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ.

1. މިއަހަރުގެ މިހާތަނަށް ރިސޯޓުތަކަށް އައިސްފައިވަނީ 660،000 ފަތުރުވެރިން.

2. މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި 701،000 ފަތުރުވެރިން ރިސޯޓުތަކަށް އައިސްފައިވޭ.

3. މިއީ ގާތްގަނޑަކަށް ހަ އިންސައްތައިގެ ވެއްޓުމެއް.

ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ އަސަރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 225،000 ފަތުރުވެރިން ގެސްޓްހައުސްތަކަށް އައި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 223،000 އަށް ދަށްވެފައެވެ. މުޅި ރާއްޖެއަށް ބަލާއިރުވެސް، މިއަހަރުގެ މިހާތަނަށް އައިސްފައިވާ 950،000 ފަތުރުވެރިންނަކީ މިދިޔަ އަހަރާ އަޅާބަލާއިރު 4.1 އިންސައްތައިގެ ދަށްވުމެކެވެ.

މި ހިނގާ ޖޫން މަހުގެ ފުރަތަމަ ދެ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 7،000 އެއްހާ ފަތުރުވެރިންނެވެ. މިއީވެސް މިދިޔަ އަހަރާ އަޅާބަލާއިރު 21 އިންސައްތަ ދަށް އަދަދެކެވެ. މާޗު މަހުން ފެށިގެން ފަތުރުވެރިން އަންނަ މިންވަރު ބޮޑުތަނުން ދަށްވި ނަމަވެސް، މިދިޔަ މަހު އެ އަދަދުތައް ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެން ފަށާފައެވެ.

އާންމުގޮތެއްގައި މެއި މަހަކީ ޔޫރަޕާއި މެދުއިރުމަތިން އަންނަ މީހުން މަދު މަހެއް ނަމަވެސް، އެ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުންނެވެ.

ސަރުކާރުގެ މައްސަލައެއް؟

ގެސްޓްހައުސްތަކާއި ރިސޯޓުތަކަށް ޓުއަރިސްޓުން ނައިސްގެން އެފަރާތްތަކަށް ގެއްލުން ވެއްޖެ އޭ ކިޔައި ސަރުކާރުން ފައިސާ ދެން ޖެހޭ ނަމަ، ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހޭ ހުރިހާ ރައްޔިތުންނަށް ސަރުކާރުން ފައިސާ ދޭންވާނެ. ދަރަނިތައް ފުއްދައިދޭން ވާނެ.

އަމިއްލަ ފަރާތްތަކުގައި ވަޒީފާ އަދާކުރާ މީހުންނަށް ވެސް ސަރުކާރުން ފައިސާ ދޭން ޖެހޭނެއެވެ. ޓެކްސީ ޑްރައިވަރުންނަށް ލިބޭ ގެއްލުން ވެސް ހަނގުރާމަ އާއި ގުޅިފައި ވެއެވެ. ޢާންމު ހުރިހާ ރައްޔިތުންނަށް ވެސް ތަކެތީގެ އަގު ބޮޑުވުމުގެ ސަބަބުން ޢާމްދަނީ އިން ދެކޮޅު ޖެއްސޭ ވަފެއް ނުވެއެވެ. މިކަންކަން ވެސް ގުޅިފައި ވަނީ ހަނގުރާމަ އާއެވެ.

ކޮމެންޓްތައް

ކޮމެންޓް ކުރައްވަން ލޮގިން ކުރައްވާ

ލޮގިން